logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބާޒާރުގައި ކަރާގެ އަގު އުފުލެން ފަށައިފި

މާލޭ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް އުފުލިއްޖެއެވެ.

ބާޒާރުގައި ކަރާގެ އަގު އުފުލިފައިމިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަރާ ކިލޯއެއްގެ އަގު 12 ރުފިޔާއަށް ދަށަށްގޮސްފައި ވަނިކޮށެވެ. ވިޔަފާރިވެރިން ބުނީ، ކަރާގެ އަގު އުފުލިފައި މިވަނީ ރާއްޖެއިން ބޭރުން ކަރާ ގެންނަ އަދަދު މަދުވުމުގެ ސަބަބުންނެވެ.

ރާއްޖޭގެ ބާޒާރަށް އާއްމުގޮތެއްގައި ކަރާ ގެންނަނީ އަވައްޓެރި އިންޑިއާއިންނެވެ. ކަރާ ފާހަގަ ކުރެވިފައިވަނީ މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި އަގުބޮޑު ނުވާ ތަކެތީގެ ތެރޭގައެވެ. މިފަހަރުގެ ރަމަޟާންމަހު މިހާތަނަށް އާއިރު ބާޒާރުގައި ކަރާގެ އަގު ހިފެހެއްޓިފައިވަނީ ރާއްޖޭން ބޭރުން ގިނަ އަދަދަކަށް ކަރާ އެތެރެކުރުމުގެ އިތުރުން ރާއްޖޭގެ ދަނޑުތަކުންވެސް ގިނަ އަދަދަކަށް ބާޒާރަށް ކަރާ ނެރުމުންނެވެ.

ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް އުފުލިފައިވާއިރު، ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ކަރާގެ އަގު ބޮޑުވާނޭކަމަށް ވިޔަފާރުވެރިންގެ އިތުރުން ދަނޑުވެރިން ބުނެއެވެ.

މީގެ ކުރިންވެސް ދަނޑުވެރިން ބުނެފައިވަނީ ހަ ރޯދަ ފެށޭއިރު ކަރާގެ އަގު ބޮޑުވެގެންދާނޭ ކަމަށެވެ. ސަބަބަކީ ރޯދައަށް ހެއްދި ކަރާ، ދަނޑުތަކުން ހުސްވުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ