logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މޯލްޑިވިއަނުން އައްޑޫ އާއި ކޫއްޑޫ އާ ދެމެދު އުދުހުންތައް ފަށަނީ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް އައްޑޫ ގަމާ، ގއ ކޫއްޑޫ އާ ދެމެދު ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، އެ އެއާލައިނުން ގއ ކޫއްޑޫ އާ ދެމެދު އުދުހުންތައް ފެށުމުގެ ގޮތުން އިއްޔެއިން ފެށިގެން ޓިކެޓް ވިއްކުމަށް ހުޅުވާލާފައިވާކަމަށެވެ. ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

އައްޑޫސިޓީ ގަމުން ކޫއްޑޫއަށް އުދުހުންތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ. މިދަތުރުގައި ގަމުން ކޫއްޑޫއަށް ފުރާނީ 11:55 ގައެވެ. އަދި ކޫއްޑޫއިން ގަމަށް އެނބުރި ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 17:30 ގައެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވްގެ ދަށުން ފެށުމަށޑް ހަމަޖެހިފައިވާ މި އުދުހުންތަކުގެ މައިގަނޑު މަގްސަދަކީ ސްރީލަންކަން އެއާލައިނާ، އަދި އެނޫންވެސް ބައިނަލްއަޤްވާމީ އެއާލައިންތަކުން އަންނަ ފަތުރުވެރިން ގއ އަދި ގދ ރިސޯޓްތަކަށް ގެންދިއުންކަމަށެވެ.

މިކަމާއި ގުޅިގެން މިނިވަން އާ ވާހަކަދައްކަވަމުން ސްރީލަންކަން އަދި ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވަލްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެފައިވަނީ، އައްޑޫސިޓީ ގަމުން ހުވަދުއަތޮޅަށް ވައިގެ ދަތުރުތައް ފެށިގެން ދިއުމަކީ އައްޑޫސިޓީ ގަމަށް އަންނަ ފަތުރުވެރިން ހުވަދު އަތޮޅޫގެ ރިސޯޓްތަކަށް ގެންދިއުމަށާއި، މި ހިސާބުގެ ދަތުރުފަތުރަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.

މިއީ ވަރަށް ކުރިންވެސް އުއްމީދުކުރެވި އަދި މިކަމުގައި އެކި ފަހަރުމަތިން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއެކު ވަރަށްގިނަ މަޝްވަރާތައް ކުރެވިގެންދިޔަ ކަމެއްކަމަށްވެސް ފިރާގް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ވައިގެ ބަނދަރަށް އަންނަ ފަތުރުވެރިން ހުވަދޫ ރިސޯޓްތަކަށް ޓްރާންސްފަރ ކުރުމުގައި ހުންނަ ދަތިތަކުގެ ވާހަކަ މީގެކުރިން އެތައް ފަހަރަކު ޓްރެވަލް އޭޖެންޓުން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ