logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކުނި އުކާލުމަށް ކިލޯއަކަށް ޗާޖުކުރަމުން އައި 75 ލާރި 50 ލާރިއަށް ކުޑަކޮށްފި

ވެމްކޯއިން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އާއްމުންގެ އަތުން ކުނި އުކާލުމަށް ނަގަމުން އައި ފީ މާދަމައިން ފަށައިގެން ކުޑަކުރުމަށް ނިންމައިފިއެވެ.

ވެމްކޯއިން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާގޮތަށް، ކުނި އުކާލަން އަންނަ އާއްމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ.

މިގޮތުން މާދަމައިން ފެށިގެން އާއްމު ފަރާތަކުން އުކާލާ ކުންޏަށް ޗާޖްކުރާނީ މިހާރު ކިލޯއަކަށް ޗާޖްކުރަމުން އަންނަ 75 ލާރީގެ ބަދަލުގައި 50 ލާރިކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނީ ކުނިއުކުމުގެ އަގުތަކަށް ގެނެވުނު އައު އުސޫލުގެ ދަށުން މާލެ ސަރަހައްދުގައު ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ޓްރާންސްފަރ ސްޓޭޝަންތަކަށް އަންނަ އާއްމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ޗާޖެއް ނަގަމުންދާނޭ ކަމަށެވެ.

ކުނި އުކުމުގެ އަގަށް ގެނެވުނު ހެޔޮ ބަދަލު:

  • އާއްމު/ޓެކްސީ ޕިކަޕް އަދި ލޮރީ: ކިލޯއަކަށް 50 ލާރި
  • ސަރުކާރު އޮފީސް އަދި ކުންފުނިތައް: ކިލޯއަކަށް 2.66 ރުފިޔާ

މި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާންދޫ ދާއިރާގެ ޕީއެންސީގެ ކެނޑިޑޭޓު ފަޒީލްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، ރައްޔިތުން އުކާލާ ކުނި ޓަނަކުން ނަގަމުން އަންނަ އަގު 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ވެމްކޯއަށް ގެންދާ ކުނިޓަނަކުން އާއްމުންގެ އަތުން ނަގަމުން އައިސްފައިވަނީ 750 ރުފިޔާއެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ކުނި ޓަނަކުން ނަގަމުންއައި 1060 ރުފިޔާއެވެ. އެއަދަދު 750 ރުފިޔާއަށް ކުޑަކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *