logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އެއާ އެމްބިއުލާންސުން މިހާތަނަށް 75 ދަތުރުކޮށްފި

އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިފަހުން 75 ދަތުރު ކޮށްފައިވާކަމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މާޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ހިދުމަތް ދެމުން އަންނަނީ އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ.

އައިލެންޑް އޭވިއޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިފަހުން އެމަޖެންސީގައި ބަލިމީހުން އުފުލުމަށް މިހާތަނަށް 75 ދަތުރު ކާމިޔާބުކަމާއެކު ފުރިހަމަ ކުރެވިފައިވާކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މިހާރު ދެ އުޅަނދެއް ބޭނުން ކުރެއެވެ. އެއީ ޑޭޝް-8 މަރުކާގެ މަތިންދާބޯޓަކާއި، މޫދައްޖައްސާ ބޯޓެކެވެ.

ސަރުކާރުން ދަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކަށްވެސް ފެށުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ކައިރު މުސްތަގުބަލެއްގައި ސްރީލަންކާއަށް ބަލިމީހުން އުފުލަން ފަށާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހިދުމަތް ލަންކާއަށް ފެށުމަށްޓަކައި އެގައުމުން ހުއްދަ ލިބިފައިވާކަމަށްވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *