logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

މާފަންނު ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެ، އަނދަމުންދަނީ ކެނެރީމަގުގައި ހުންނަ މ.ރަބީއުވިލާގައެވެ

.އަލިފާން ރޯވެފައިވަނީ އެ ގޭގެ 4 ވަނަ ފަންގިފިލާގައެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއްގައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު، އެ އިމާރާތުގެ ކައިރީ އުޅުނު މީހުން މިހާރު ވަނީ ރައްކާތެރި ހިސާބަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:19 ހާއިރުކަމަށެވެ. ރަބީއުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 21:12 އެހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގިތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.،މުހައްމަދު މުއިއްޒުވެސް ވަނީ މީގެ ކުޑައިރުކޮޅެއްކުރިން ޒިޔާރަތްކޮށް ތަނުގެ ހާލަތު އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ.

ފުލުހުން މިހާރު ވަނީ ރަބީއުވިލާ ހުންނަ މަގު އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އަލިފާނުގެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން، އެމަގު އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކުރެވިފައިވާކަމަށެވެ.

މިރޭ އަލިފާނުގެ ހާދިސާ ހިނގި ގޭގައި މީހުން ދިރިނޫޅޭކަމަށް އެ ސަރަހައްދުގައި އުޅޭ ފަރާތްތަކުން ބުނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *