logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން އަންހެނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީ އ. ދާންދޫއަށް ނިސްބަތްވާ އެރަށު ނޫވިލާ، އުމުރުން 44 އަހަރުގެ ޝަޒިއްޔާ އިބްރާހިމެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާއިލާއަށް ޚަބަރެއްނުވެ ޝަޒިއްޔާ ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ، މިހިނގާ އޭޕްރިލްމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:55 އެހައިކަންހާއިރު ކަމަށެވެ. އެހާހިސާބުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ޝަޒިއްޔާ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *