logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެއްޖެ

ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު މެންދުރުފަހު 16:00 އާ ހަމަޔަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމަޔަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުރުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ "އައްސިދަ" އެވެ. މި ނަކަތުގެ ފެށޭކޮޅު ޢާންމުގޮތެއްގައި ވައިގަދަވެ ވިއްސާރަވާނެއެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. މިގޮތުން ހއ ގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިމިވަނީ ހޫނުގަދަ ދުވަސްތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.  މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރާގޮތުގައި މިދިޔައީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ހޫނުގަދަ ދުވަސްތަކެވެ. މިގޮތުން ވޭތުވެ ދިޔަ ބައެއް ދުވަސްތަކުގައި އިހްސާސް ކުރެވޭ ހޫނުމިން ވަނީ 40 ޑިގްރީ ފަހަނަ އަޅައިގޮސްފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ