logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އީރާނުން ދިން ޑްރޯން ހަމަލާތަކުގައި ގެއްލުންތަކެއް ލިބިފައިވާކަމަށް އިޒްރާއީލުން ބުނެފި.

އީރާނުން ފޮނުވާލި ޑްރޯން ހަމަލާތަކުގައި އިޒްރާއީލްގެ ބާރުގެ ދަށުގައިވާ ތަންތަނަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އިޒްރާއީލްގެ ޑިފެންސް ފޯސްއިން އެއްބަސްވެއްޖެއެވެ.

އީރާނުން ޑްރޯން ހަމަލާތައް ފޮނުވާލުމާއެކު އިޒްރާއީލުން ބުނެފައިވަނީ، އީރާނުން ފޮނުވާލާ ހަމަލާތައް ނާކާމިޔާބުކޮށްލުމަށް އެމެރިކާގެ އަސްކަރިއްޔާ އާ ގުޅިގެން ފުރިހަމަޔަށް ތައްޔާރަށް އޮތްކަމަށެވެ.

ސޫރިއާގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އަމާޒުކޮށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގެ ބަދަލު ހިފުމެއްގެ ގޮތުން، އީރާނުން ރޭ ވަނީ ވަރަށް އާދައިގެ ޑްރޯން ހަމަލާތަކެއް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މި ހަމަލާތަކުގެ ތެރެއިން ބައެއް ޑްރޯންތައް އިޒްރާއީލުގެ ތެރެއަށް އަމާޒުވެފައިވާކަމަށާއި، ލިބިފައިވަނީ ވަރަށް ކުޑަ ގެއްލުމެއްކަމަށް އިޒްރާއީލް ސިފައިން ވަނީ ބުނެފައެވެ. މިގޮތުން ފޮނުވާލި ޑްރޯންތަކުގެ 99 އިންސައްތަ އިޒްރާއީލުގެ ތެރެއަށް ވަނުމުގެ ކުރިން ވައިގެ ތެރެއަށް ގޮއްވާލާފައިވާކަމަށް އިޒްރާއީލް ސިފައިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނީ، އީރާނުން އިޒްރާއީލަށް އަމާޒުކޮށް ދިން ޑްރޯން މެދުވެރިކޮށް ދިން ބައެއް ހަމަލާތައް ނާކާމިޔާބުކޮށްލެވުނީ، އެމެރިކާ، ޖޯޑަން ފަދަ ގައުމުތަކުން އިޒްރާއީލްއަށް އެއްބާރުލުން ދިނުމުންނެވެ. މިގޮތުން ޖޯޑަނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް އީރާނަށް އިންޒާރުދީފައެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އީރާނުން ވަނީ ޑްރޯންގެ އިތުރުން މިސައިލު ބޭނުންކޮށްގެންވެސް ހަމަލާދީފައެވެ.

ރޭ އިޒްރާއީލަށް ފޮނުވާލި ވައިގެ ހަމަލާތަކަށްފަހު، އީރާނުން ވަނީ، އެގައުމާއި އިޒްރާއީލާ ދެމެދު ހިނގަމުންދާ ކަންތައްތަކުގެ ތެރެއަށް އެމެރިކާ ނުވަނުމަށް އިންޒާރުދީފައެވެ.

އީރާނުން ވަނީ ރޭގެ ވަގުތެއްގައި އިޒްރާއީލަށް އަމާޒުކޮށް ހަމަލާދިނުމަށް 300 ޑްރޯން ފޮނުވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *