logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވޯޓްލުމަށް ޑިޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް އިން ވަނީ ވޯޓު ލުމުގައި ބޭނުންކުރެވޭނެ ރަސްމީ 4 ލިއުމެއް ކަނޑައަޅާފައެވެ.

ވޯޓުލުމުގައި ބޭނުންކުރެވޭނެ ރަސްމީ 4 ލިއުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ދޫކޮށްފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ އިތުރުން، ޑްރައިވިން ލައިސަންސް ކާޑާއި، ދިވެހި ޕާސްޕޯޓްގެ އިތުރުން ޕާސްޕޯޓް ކާޑެވެ.

ވޯޓުލުމުގައި ޑިޖިޓަލް އައިޑީކާޑް ބޭނުން ނުކުރެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައިގަނޑު ސަބަބަކީ ޤާނޫނުގެ ތެރެއިން އެކަމަށް ލިބެންޖެހޭ ހުއްދަ ނެތުމުންކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތް މިދިޔަ އަހަރު ފަށާފައިވާއިރު، މިހާރުވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުން ޑިޖިޓަލް އައިޑީގެ ހިދުމަތް ޤަބޫލުކުރެއެވެ. މީގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަވިސް، އިމިގްރޭޝަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގައިވެސް ޑިޖިޓަލް އައިޑީކާޑު ބޭނުންކުރެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ