logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މިހާތަނަށް ވޯޓު ނުލަނީ 60 އިންސައްތަ މީހުން: އިލެކްޝަންސް

މިއަދުގެ މިހާތަނަށް އާއިރު، އަދިވެސް ވޯޓު ނުލައި 60 އިންސައްތަ މީހުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، މިއަދުގެ އެކެއް ޖެހުމާ ހަމަޔަށް ވޯޓު ލާފައިވަނީ 113،627 މީހުންނެވެ. އެއީ ވޯޓް ލެވޭ އާބާދީގެ ނިސްބަތުން 39.92 އިންސައްތައެވެ.

އިންތިހާބުގައި ވޯޓުނުލައި 60.08 އިންސައްތަ މީހުން ތިބިއިރު، އެއީ 171،036 މީހުންނެވެ. މިހާތަނަށް އާއިރު ވޯޓުލާން ގިނައިން ނިކުމެފައިވަނީ ފިރިހެނުންނެވެ. މިހާތަނަށް 61،651 ފިރިހެނުން ވޯޓުލާފައިވާއިރު، ވޯޓް ލީ އަންހެނުންގެ އަދަދަކީ 51،976 މީހުންނެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބިފައިވާއިރު، 602 ވޯޓްފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން 8 ކުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލެވޭނެ އެންމެ ފަހުގަޑިއަކީ ހަވީރު 17:30 އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ