logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ރިސޯޓެއްގައި ވޯޓްލުމުގެ ކަންކަން ކުރިއަށްދަނީ...

ވޯޓު ނުލައި އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުން އެބަތިބި

މިއަދުގެ ހަތަރެއް ޖެހުމާއި ހަމަޔަށް ވޯޓު ނުލައި އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަތަރެއް ޖެހުމާއި ހަމަޔަށް ވޯޓު ލާފައިވަނީ 63.73 އިންސައްތަ މީހުން ކަމަށެވެ. އެއީ ވޯޓް ލެވޭ މީހުންގެ ތެރެއިން 181،406 މީހުންނެވެ.

މިހާތަނަށް ވޯޓް ނުލާ މީހުންގެ އަދަދު 103،275 ގައި އުޅޭއިރު، އެއީ 36.27 އިންސައްތައެވެ. މިހާތަނަށް ވޯޓް ލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބިފައިވާއިރު، 602 ވޯޓްފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން 8 ކުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލެވޭނެ އެންމެ ފަހުގަޑިއަކީ ހަވީރު 17:30 އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *