logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޕީއެންސީގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުން މިރޭ އާޓިފިޝަލް ބީޗްގައި

ވެރިކަންކުރާ ޕީއެންސީއަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން "ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގައެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އެގޮތުން، ވަގުތީ ނަތީޖާތައް ދައްކާގޮތުން ޕީއެންސީން ވަނީ މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.

އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުން ތާއީދު ދިން ކެންޑިޑޭޓުން ގިނައެވެ.

ޖުމްލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. ނަމަވެސް އެމްޑީޕީ އަށް އިއްޔެގެ އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ