logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޝިޔާމު ވިދާޅުވީ އަދުރޭގެ ހިސާބު ދިމާވެއްޖެ ކަމަށް

އަދުރޭގެ ހިސާބު ބަރާބަރަށް ދިމާވާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ފެނިގެން ގޮސްފި ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ކާމީޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ނަތީޖާއިން ދައްކުވައިދިނީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ޝިޔާމް ވަނީ އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅެއް ހިއްސާކުރައްވާ ޝިޔާމް ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމަށް ރައީސް ޑރ މުހައްމަދުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އަދަދު ދިމާވެފައިވާކަމަށާއި، މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާއި އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާދަންނަވާ ކަމަށެވެ.

" ހިސާބު ބަރާބަރަށް އެބަދިމާވޭ الحمد الله. 20ވަނަ ރައްޔިތުންގެމަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާ އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާ ދަންނަވަން. މީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވެރިކަން ކުރާ ޕީއެންސީން ވަނީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ.

އެގޮތުން ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *