logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
Screenshot

ދުވާފަރު ދާއިރާގެ ވޯޓް ފޮށިތައް އަލުން ގުނަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދިއްޖެއެވެ.

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދިފައިވާއިރު، އީސީން ވަނީ އެކަމުގައި މިއަދު ގޮތެއް ނިންމަވާނެ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދުނީ، އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް އަބްދުއްރަހްމާންއެވެ.

އީސީ އިން ހާމަކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން 4 ވޯޓުގެ ތަފާތުން ދުވާފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަށް 1074 ވޯޓު ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް އަބްދުއްރަހްމާންއަށް ލިބިފައިވަނީ 1070 ވޯޓެވެ.

ދުވާފަރު ދާއިރާގެ މިހާރުގެ މެންބަރު އިސްމާއިލް އަހުމަދަށް ލިބުނީ 579 ވޯޓެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ލިބުނީ 77 ވޯޓެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ