ތިރީގައި އެވަނީ ސޯޝަލް މީޑިޔާގައި ޢަލީ ޝަމީމް ނަމަކަށް ކިޔާ މީހަކު ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ. މިނިވަން ނިއުސްގެ ބޭނުމަކީ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް ހަމަ އެގޮތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހަމައަށް ވާސިލްކޮށްދިނުމެވެ.
ކަންބޮޑުވުމުގެ ޚިޔާލު
އެފް.އެސް.އެމް(FSM)ގެ ޕެޓްރޯލް ޝެޑް ތަކުގައި ޕެޓްރޯލް ޕަމްޕުގައި ތިބޭ ކުދިންނަކީ އަދި އެހެނިހެން މަސައްކަތް ކުރަން ހުންނަ މުވައްޒަފުންނަކީ ވެސް ގިނަ ވަގުތު ރަތްދަކަ އަވީގައި ކޮޅަށް ތިބަން ޖެހޭ ބުރަ މަސައްކަތް ކުރާ ކުދިން ތަކެކެވެ. އަދި އޭގެ ތެރެއިން ސޭލްސް އެސިސްޓުން (ޕަމްޕުގަ ތިބޭ ކުދިން) 8 ގަޑިއިރު މަސައްކަތް ކުރާ އިރު އެކުދިންގެ މުސާރަ އަކީ 11،500 އެވެ. ގިނަ ފަހަރަށް އެވަރު ވެސް ނުލިބެއެވެ. ސަރުކާރުން ހިންގާ އެހެން ކުންފުނިތަކުގެ މުސާރަ ބޮޑު ކުރަމުން ގެންދާއިރު އެސް.ޓީ.އޯ (STO) ގެ ހިއްސާ އޮންނަ ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ އެފް.އެސް.އެމް(FSM) ގެ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުވެއެވެ.
5 އަހަރު ނުވަތަ 7 އަހަރުވެ ގިނަ ދުވަސްވާ ކޭޝިޔަރުންނާއި، އެސިސްޓެންޓް ކޭޝިޔަރުންނާއި ސޭލްސް އެސިސްޓެންޓުންގެ އަދި އެހެނިހެން މުވައްޒަފުންނަށް ވެސް މުސާރަ އިން މާ ބޮޑު ބަދަލެއް ނާދޭއެވެ. މިދިޔަ ރަމަޟާން މަހު ވެސް ވަނީ އެތަކެއް މުވައްޒަފުންގެ މުސާރަ ގޯސްކޮށް ހައްދަވާފައިވާ ކަމަށް މަޢުލޫމާތު ލިބިފައެވެ.
ޕެޓްރޯލް އަދި އެހެނިހެން ތެލުގެ ބާވަތްތަކަކީ ވަރަށް ނުރައްކާތެރި ބާވަތް ތަކެކެވެ. އެހެން ނަމަވެސް އެކުދިންގެ ރިސްކު އެލަވެންސް އެހާމެ ކުޑައެވެ. އެހާމެ ނުރައްކަލެއް އުފުލާއިރު ވެސް އެކުދިންގެ މުސާރަ އެހާމެ ކުޑައެވެ. + މުވައްޒަފުންނަށް ބޯން ހުންނަނީ ފިލްޓާއިން ލިބޭ ފެނެވެ. އެކަމަކު އޭގައި ޕެޓްރޯލްގެ އަސަރު ހުންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
8 ގަޑިއިރު މަސައްކަތް ކުރާއިރު ބުރޭކް ބަހަން ވެސް މުވައްޒަފުން ހަމަ އެއް ނުވެއެވެ. ކުދިން މަދުވާ ދުވަހެއްގައި ގަޑީރަކުން ނުވަތަ ދެ ގަޑީރުން ލިބެނީ ވަރަށް ކުޑަ ރެސްޓެކެވެ. ގިނަ ވަގުތު ތަކެއް ވަންދެން ގަދަ ހޫނު ގައި ކޮޅަށް ހުރުމުގެ ސަބަބުން ބައެއް ފަހަރު ބޮލަށް އެނބުރުން އަރާ ގޮތްވެސް ވާ ކަމަށް މަޢުލޫމާތު ލިބުނެއެވެ. ކުދިން އޮފް ނެގުމާއި ސަލާމް ނަގައިފިނަމަ ތަނުގައި އަދި ޕަމްޕުގަ ކުދިންމާ މަދެވެ. އެކުދިންނަކީ އީދު ބަންދު އަދި ބަންދު އެހެން ދުވަހެއް ނުލިބޭ ކުދިން ތަކަކަށް ވާއިރުވެސް އޯޓީ (އިތުރު ގަޑި) އައްވެސް ލިބެނީ ވަރަށް ކުޑަ އެއްޗެކެވެ.
ޕެޓްރޯލް ޝެޑްތައް ނަމާދު ވަގުތަށް ވެސް ބަންދު ކުރަނީ އެންމެ 10 މިނެޓުއެވެ. އަދި ތަނުގައި ނަމާދު ކުރަން ވެސް ރަނގަޅު ތަންކޮޅެއް ނީންދެއެވެ. އަދި ފާޚާނާގައި ވުޟޫ ކުރަން ވެސް އިސްކޫރެއްވެސް ނީންދެއެވެ. +ތަނުން އެތަކެއް ކުދިން ތަކެއް ކެޑެއެވެ. ތަނުގައި ކުދިން އުޅޭ ހިތް ވާނީ ވެސް މިބުނި ކަން ކަން ރަނގަޅު ކޮށްގެން ނޫން ތޯއެވެ
ނޯޓް: މިނިވަންގެ އެދުމަކީ ޢަލީގެ މިކަންބޮޑުވުމާމެދު ދައުލަތުގެ ކަމާބޭ އިދާރާތަކުން އިދާބީ ވިސްނުމަކުން ވިސްނައި ހެޔޮ ބަދަލެއް އެކަމަށް ގެނެސްދިނުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ޢަޅުގަޑުގެޚިޔާލަކީ ނަމާދު ކުރުމާއި ފާޚާނާ ކުރުމަކީ ވާޖިބު ކަން ކަމެވެ. ޢެކަން ކުރެވެން ޖެހޭނެ މުސާރަ ވެސްކުޑަ ބޮޑު ކުރަން ޖެހޭ