ނޫސްވެރިންވެސް ހިމެނޭ ގޮތުން، އެކި ބޭނުންތަކުގައި ރައީސް އޮފީހަށްދާ މީހުންނަށް ފޯނު ވެއްދުން މަނާކޮށްފިއެވެ.
މީގެ ދެމަހެއްހާ ދުވަސްކުރިން ޢަމަލުކުރަން ފެށި އާ ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން ފޯނު ވެއްދެނީ މިނިސްޓަރުންނަށާއި ރައީސް އޮފީހުގެ މުވައްޒަފުންނަށް އެކަންޏެވެ. ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެހެން އިސްވެރިންނާއި އެހެނިހެން ބޭފުޅުންނަށް ވެސް މިކަން އޮތީ މަނާކޮށްފަ އެވެ.
ރައީސް އޮފީހަށް މިހާރު ފޯނު ނުވެއްދޭކަން އާންމުކޮށް ތިލަވެގެން މިއައީ އާ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ބާއްވާ މީޑިއާ ބްރީފިން އަށް ދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދުމާ ގުޅިގެންނެވެ.