logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ހީނާ ވަލީދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ

ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް 200 އެއްހާ ޤާނޫނު ހަދަން ޖެހޭ: ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ގާތްގަނޑަކަށް 200 އެއްހާ ޤާނޫނު ހަދަން ޖެހޭ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވި ގޮތުގައި އާ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލުތަކާ ބެހޭ އިދާރީ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް އެބަދެއެވެ.

"އޭގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާނަން ބިމާބެހޭ ޤާނޫނު، ރިއަލް އެސްޓޭޓް ޤާނޫނު، ވިޔަފާރިއާބެހޭ ޤާނޫނާއި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޤާނޫނާއި، އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނާއި، ކޮޕީ ރައިޓްސް ޤާނޫނަށް ހުށަހަޅާ އިސްލާޙާއި، ޕްރިވެންޓިވް ހެލްތު ކެއަރގެ ޤާނޫނަށް ހުށަހަޅާ އިސްލާޙުގެ އިތުރުން މަޖިލީހުން މިފަހުން ބޭރުކޮށްލި އެސްޑީއެފްގެ ޤާނޫނު. އެ ޤާނޫނު ވެސް އަޅުގަނޑުމެން އަލުން ހުށަހަޅާނަން،" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް ކޮމެޓީ މަރުޙަލާގައި ތާށިވެފައި ހުރި ޤާނޫނުތަކާއި އިސްލާޙްތައްވެސް ކުރިއަށްއޮތް ދައުރުގައި އަވަހަށް ނިންމުމަށް އިސްކަން ދެއްވާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ