logo minivan

English

ހޯމަ, 20 މެއި 2024
އެއްވެފައިވާ މީހުންގެ ތެރެއިން މީހަކު މަސަލަސްކުރެވޭތޯ މަންޑޭ ވާހަކަ ދައްކަނީ

ކޮންފަދަ ނަމޫނާއެއް؟ ތިމާ މަރާލަން ސިހުރު ހެދި މީހާގެ ދިފާއުގައި ނުކުތީވެސް މަންޑޭ!

މަޖިލިސް އިންތިހާބުގައިވެސް އޭނާގެ ކިބައިން ފެނުނީ ހިނިތުންވުމާއި މަޑުމައިތިރި ކަމާއި ކެތްތެރިކަމުގެ ނަމޫނާއެވެ. މަޖިލިސް އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވުމަށް ފަހު ވެސް މުހައްމަދު މަމްދޫހް (މަންޑޭ)ގެ ފަރާތުން ފެންނަމުންދަނީ ޒުވާން ލީޑަރެއްގެ ކިބައިން ފެންނާނެ އެންމެ ރީތި މިސާލެވެ.
މީގެ ދެތިން ދުވަސްކުރިން ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސިހުރުވެރިއާ ފުނަދުއަށް ބަޔަކު ގެންދިޔައީ އިންތިހާބީ މެންބަރު މަންޑޭ މަރާލަން ވަރުގަދަ ސިހުރެއް ހެދުމުގެ ބޭނުމުގައި ކަމަށް ވެއެވެ. ސިހުރުވެރިޔާ ތައްޔާރު ކޮށްފައިވާ ލޯ މޮހޮރު، ރަށުގެ ވަރުގަދައަށް ހެދިފައިވާ ގަހެއްގެ އެންމެ ފަލަ ބަޔަށް ޖަހާ ލަމަރުކޮށްލާފައި ވަނިކޮށް މަންޑޭގެ ސަޕޯޓަރުންނަށް އެކަން އެނގިގެން ގޮސް އޭތި ލުހެލިއެވެ. އަދި ފުލުހުންނަށް ރިޕޯޓްކުރުމުން، ސިހުރު ހަދާ ކަމަށް ބެލެވުނު މީހާ ފުނަދޫ ގެއަކުން ހައްޔަރު ކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ.
އެ ވަގުތުން ފެށިގެން މުޅި ފުނަދުއަށް ވައިރޯޅިއެއްހެން ފެތުރިގެން ދިޔަ ނުތަނަވަސްކަމުގައި މަންޑޭގެ ސަޕޯޓަރުން ނުކުމެ ފުލުސް އޮފީސް ކައިރީގައި ނުރުހުން ފާޅުކުރަން ފެށިއެވެ. އަދި ނުނިދާ މުޅި ރަށުގައި ފާރަވެރިންގެ ގޮތުގައި މަންޑޭ ޒުވާން ސަޕޯޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. ޖެހިގެން އައި ދުވަހު ސިހުރުވެރިޔާ ކޯޓަށް ހާޒިރުކުރީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ. ފުލުހުންގެ ވެެހިކަލުން ބާލައިގެން ސިހުރުވެރިޔާ ކޯޓަށް ވައްދާތަން ފެނިފައި މަންޑޭގެ ސަޕޯޓަރުންގެ ލޭކެކި، ރުޅިގަނޑު ފަޅައިގެން ގޮސް، ސިހުރުވެރިޔާއާ ހަމައަށް ދިއުމަށް މަސައްކަތްކުރީ ކޯޓުގެ ގޭޓުގައި ފާރަވެރިންނަށް ތިބި ފުލުހުންގެ ސަފުތައް ފޫދުއްވާލާފައެވެ. އެހެންނަމަވެސް ފުލުހުން ޕެޕާ ސްޕްރޭ ޖޭހުމުން ކްރައުޑު ދުރަށް ޖެހިލިއެވެ. އެކަމަކު އެ ސަރަހައްދު ދޫކޮށް ހަމަ އެކަކުވެސް ނުދިޔައެވެ.
ދެން ފެނުނީ އެތަނަށް މަންޑޭ ގޮސް، އެއްވެފައިވާ މީހުން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަތަނެވެ. އެކި ގްރޫޕުތަކާއި ވަކިވަކި މީހުންނާ ވަކިވަކިން ވާހަކަ ދައްކާ މަސްލަހަތު ދެމެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"ކޯޓް އަދި ޕޮލިސް ސްޓޭޝަން ކައިރީ ފުނަދޫ އާއި މަމްދޫހްގެ ހައްގުގާ ރައްޔިތުން އަޑު އުފުލަމުން ދިޔަ އިރު މަމްދޫހް މަސައްކަތް ކުރެއްވީ މަސްލަހަތު ދަމަހައްޓާ ރައްޔިތުންނަށް ވިސްނައިދީ މަސްރަހު ފިނިކުރުމަށް. މި ދައްކަނީ ކުޑަ ވާހަކައެއް ނޫން. މަމްދޫހް މަރާލަން މަސައްކަތް ކުރި ބަޔަކާ މެދުވެސް މަމްދޫހް ބޭނުންވީ އެކަން އޮންނަ އުސޫލުގެ ތެރެއިން ގެންދަން. ބުނަމުން ދިޔައީ، ސަރުކާރަށް ފުލުހުންނަށް އިތުބާރުކުރުމަށް،" އެވަގުތު އެތަނުގައި ހުރި ފުނަދޫ ޒުވާނަކު މިނިވަންއަށް ކިޔައިދިނެވެ.
"ޤާނޫނާއި ޤަވާއިދުތަކާ އޮންނަ އުސޫލުތަކަށް އަމަލުކުރުމަށް. އިންސާފަކީ ކޮންމެ މީހަކާވެސް ބައްދަލު ކުރާނެ އެއްޗެއްކަމަށް. ނުހައްޤުން ބަޔަކު ކަމެއް ކުރިޔަސް އެންމެނަށްވެސް ރަނގަޅަށް އަމަލުކުރުމަށް. ތަކުރާރުކޮށް ބުނަމުން ދިޔައީ، އެއްވެސް ރައްޔިތަކަށް އެއްވެސް ހައިސިއްޔަތަކުން އަނިޔާއެއްވާން ނޭދޭކަމަށާއި، އެފަދަކަމަކަށް މަގުފަހިވާނެ ކަމެއްވެސް ނުކުރުމަށް. މި ބިރުވެރި ވަގުތުގަވެސް މަމްދޫހްގެ ފަރާތުން ފެނުނީ ނަމޫނާ ސިފަތަކެއް. ލީޑަރެއްގެ ހުރިހާ ސިފައެއް ފެނިގެންދިޔަ. އެއީ ކެތްތެރިކަމުގެ ނަމޫނާއެއް. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ،" އޭނާގެ ތައުރީފު މަންޑޭއަށް އޮއްސާލިއެވެ.
ހަގީގަތުގައިވެސް މަންޑޭއަކީ ހަމަ ތަފާތު ސިޔާސީ ލީޑަރެކެވެ. ޒުވާނުންނަށް ނަމޫނާއެކެވެ. އަހަރެމެން އެދެނީ މަންޑޭއަށް ފުރިހަމަ ރައްކާތެރިކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެއްޗެހި ލިޔެފައި ލިޔުމުގެ ކުށެއް އޮތްތޯ ޗެކުކޮށް ބަލައި ކުށް ފިލުވުމެއް ވެސް ނޯވޭދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *