logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާލޭގެ ސުކޫލުތަކަށް ވަނުމަށް 4000 ވުރެ ގިނަ ފޯމު

އަންނަ ދިރާސީ އާ އަހަރަށް އެކި ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދި 4000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށާއި މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް އަލަށް ވަންނަން ބޭނުންވާ ކުދިންނާއި މާލޭގެ މިހާރު ކިޔަވަމުންދާ ސްކޫލު ބަދަލު ކުރަން ބޭނުން ކުދިން ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ އަދަދުތައް:

  • މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ގުރޭޑު އެކަކަށް ވެއްދުމަށް – 2290 ފޯމު
  • ގުރޭޑު އެކެއް ފިޔަވާ އެހެނިހެން ގްރޭޑުތަކަށް ވެއްދުމަށް – 1450 ފޯމު
  • އަތޮޅުތެރޭ ސުކޫލުތަކުން މާލެ ސުކޫލުތަކަށް ބަދަލުވުމަށް – 790 ފޯމު
  • މާލޭ ސަރަހައްދުގެ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުވުމަށް – 660 ފޯމު

މިނިސްޓްރީން ވަނީ މާދަމާގެ ނިޔަލަށް ހުށަހަޅާ ހުރިހާ ފޯމްތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށް ބުނެފައެވެ.

ދިރާސީ އާ އަހަރު މިމަހުގެ 26 ގައި ފަށަން ނިންމާފައި ވާއިރު، 2024-2025 ގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އަހަރު ނިމޭނީ މާޗް 6 އަށެވެ. އަދި މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ އެވެ. އެގޮތުން އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދިމާވާނީ ރޯދަ މަހާ އެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭ ދުވަހަކީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް ނިންމާފައިވާއިރު، ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައިވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީގައި ހިމަނާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ