logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
އިންޑިޔާގެ ސިފައިންގެ ދެމީހުން ދިވެހި ސިފައިންނާއެކު މަސައްކަތުގައި

އިންޑިޔާގެ 51 ސިފައިން އަނބުރާ ފޮނުވާލައިފި

ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިޔާ ސިފައިންގެ ތެރެއިން މިހާތަނަށް 51 ސިފައިންގެ އަނބުރާ ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މީހުންގެ ތެރެއިން ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ގާއިމްވެ ތިބީ ޖުމްލަ ކިތައް ސިފައިން ކަމެއް ހީނާ ވިދާޅެއް ނުވެއެވެ. އަދި މިހާތަނަށް ފޮނުވާ ނުލެވި ތިބި ސިފައިންގެ އަދަދެއް ވެސް ވިދާޅެއް ނުވެއެވެ.

ސަރުކާރުން ކުރިން ވެސް ބުނެފައިވާ ގޮތަށް މިމަހުގެ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލެވޭނެ ކަމަށް މިއަދު ހީނާ ވިދާޅުވިއެވެ.

ރާއްޖޭން ފޭބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފައިވާއިރު، ރާއްޖޭން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް އޭގެ ހަތަރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *