ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު ޕަސެންޖަރަކާއި އެއާޕޯޓްގެ ދެ މުވައްޒަފަކާއި ދެމެދު މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހިނގި އެ ހާދިސާ ތަހުގީގު ކުރުމަށް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން އެމްއޭސީއެލުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އެ ބިދޭސީ މީހާއަކީ ރާއްޖެއައި ޓޫރިސްޓެއް ކަމެއް ނުވަތަ ވޯކް ވިސާ ނުވަތަ ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެއެވެ. އަދި އެކަން ހިނގަން މެދުވެރި ސަބަބެއް ވެސް އަދި ސާފުވާގޮތެއް ނުވެއެވެ.
🚨#Breaking: Velana International Airport ge International terminal ge checkin counter sarahahdhuga Passenger akaa Airport dhe staff akaa dhemedhu maaraamaaree hin'gaifi
Ithuru mauloomaathu: https://t.co/bj8lBJSBWg pic.twitter.com/KE1gn2UwB2
— #MvCrisis (@MvCrisis) May 7, 2024
މި މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ގޮސް ފުރަތަމަ ޖަހަނީ އެއާލައިން ސްޓާފެއްގެ މޫނު މަތީގައެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ޖަހައި ކޮށްފާލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
އެއަށް ފަހު އޭނާ ހުއްޓުވަން އެއާޕޯޓް ސެކިއުރިޓީގެ މުވައްޒަފުންނާއި އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން މަސައްކަތްކޮށް އޭނާ ސަރަހައްދުން ދުރަށް ގެންދާ މަންޒަރު ވެސް ފެނެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން އަންނަނީ އެފަދަ އަމަލެއް އެއާޕޯޓެއްގެ ތެރޭގައި ހިންގައިގެން ނުވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
"ލަގެޖް ބަރުވެ، އެކްސެސް ފައިސާ ނުދައްކަން ވެގެން އެއާލައިން ސްޓާފެއްގެ ގައިގާ ޖެހުމަކީ ގެސްޓެއް ވިޔަސް އެހެން މީހެއް ވިޔަސް ކުރެވިގެންވާނެ ކަމެއް ނޫން،" އާންމު މީހަކު ބުނެފައިވެއެވެ. އަދި އެހެން މީހަކު ބުނެފައިވަނީ އެވަރުގެ މީހަކު އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް ވައްދައިގެން ވެސް ނުވާނެ ކަމަށާއި އެ މާރާމާރީ ސިފަކުރެވެނީ ރެސްލިން މެޗެއް ނުވަތަ ޓެރަރިޒަމް ހަމަލާއެއްގެ ގޮތުގައި ކަމަށެވެ.