logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އައުބޯޓެއް ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު މަރުކާގެ މުޅިން އައު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަނުން ގެނައި މި ބޯޓު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު އެވެ. މިކަމަށްޓަކައި އައިލެންޑް އޭވިއޭޝަނުން ހާއްސަ ރަސްމިއްޔާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ ބޯޓުތަކާއެކު ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް އުދުހުންތައް ފެށިގެންދާނޭ ކަމަށެވެ. މިގޮތުން މިއަހަރުގެ ފަހުކޮޅު ދުރު މަންޒިލްތަކަށް ޤައުމީ އެއާލައިނުގެ ދަތުރުތައް ފެށިގެންދާނޭކަަން ވަޒީރު ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ މިހާރުވެސް އޭޓީއާރު މަރުކާގެ އިތުރު ތިން ބޯޓަށް އޯޑަރުދީފައެވެ. މީގެ ތެރެއިން ބައެއް ބޯޓުތައް މިއަހަރުގެ ފިނިމޫސުމާއި އަންނަ އހަރުގެ ކުރީކުޅު ގެނައުމަށް މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައެވެ.

އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް މޯލްޑިވިއަންގެ ފްލީޓަށް އިތުރުވެފައިވާއިރު، މިއީ މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އައިލެންޑް އޭވިއޭޝަނުން ގެނައި ހަތަރުވަނަ އޭޓީއާރެވެ. މިއަދު ގެނެސްފައިވަނީ  އޭޓީއާރު 600-42 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ 46 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

އަދި މި ބޯޓަކީ މިހާރު މޯލްޑިވިއަނުން ބޭނުން ކުރަމުން އަންނަ ޑޭޝް ބޯޓުތަކަށްވުރެ، ޒަމާނީ ބޯޓެކެވެ. އެގޮތުން އޭޓީއާރު މަރުކާގެ މި ބޯޓުގެ ތެލުގެ ހަރަދާއި، މެއިންޓަނަންސް ހަރަދުވެސް ވަރަށްބޮޑުތަން ކުޑަވެގެންދާނޭކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަންގެ ދަތުރުތަކުގެ ޑިމާންޑް ބޮޑުވެފައިވާއިރު، މިހާރުވެސް އެ އެއާލައިނުގެ އޮޕަރޭޝަންތަކުގައި އޭޓީއާރު މަރުކާގެ ތިން ބޯޓު ދަނީ ބޭނުންކުރަމުންނެވެ. އެއީ އޭޓީއާރު 600-42 މޮޑެލްގެ އިތުރުން 600-72 މޮޑެލްގެ ދެ ބޯޓެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ