logo minivan

English

ހޯމަ, 20 މެއި 2024

ޓެކްސީ ޑްރައިވަރެއްގެ ޑައިރީން ދަންވަރުގެ ދަތުރު 2: ނުރައްކާ! ހިތާމަ! ހައިރާން!

މާލޭގައި އިޖުތިމާއީ މައްސަލަތައް އޮތީ ހާލިހަދާފައި

އިދާރާތަކުގެ ވިސްނުން ބަދަލުނުކޮށް މައްސަލަތަކަށް ހައްލެއް ނެތް

——————————————————————————————————————————————————————————————————————————————-

އެޑިޓަރުގެ ނޯޓު: ޓެކްސީ ޑްރައިވަރެއްގެ ޑައިރީން މެންދަމު ފަސް، މި މައިގަނޑު ސުރުހީގެ ދަށުން ލިއުންތެރިއާ ހުށައަޅައިދީފައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް ބައެއް ކިއުންތެރިންނަށް ހީވެފައިވެއެވެ. އަދި އެއް ރެެއެއްގައި އެހާ ގިނަ ކަންކަން ހިނގާފާނެތޯ ސުވާލުވެސް އުފައްދާގައިވެއެވެ. މި ސީރީޒަކީ ލިއުންތެރިޔާ ރާއްޖޭގެ އިޖުތިމާއީ ދާއިރާގެ މައްސަލަތައް ދިރާސާކޮށް ލިޔަމުން ގެންދާ "ދަ ލޮސްޓް ސޮސައިޓީ" ފޮތުގައި ހިމެނޭ ދިރާސާ ލިއުންތަކުގެ ދިވެހި ތަރުޖަމާތަކެކެވެ. ހުރިހާ ހާދިސާއަކީ ވެސް ފުލުހުންނާއި ކައުންސެލަރުންނާއި ނަރުހުން ފަދަ ބޭފުޅުންގެ ފަސްޓް ހޭންޑް އިންޓަވިއުތަކުގެ އަލީގައި ލިޔެފައިވާ ހާދިސާތަކެވެ. ބައެއް ހާދިސާތައް ނަގާފައި އެވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައް ދިރާސާކޮށްގެންނެވެ. މިއީ އެއް ރެއެއްގައި ހިނގާފައިވާ ހާދިސާތަކެއް ނޫނެވެ. ލިއުންތެރިއާ ހުށަހަޅައިދެމުން އެގެންދަނީ އާންުމުންގެ ޝައުގުވެރިކަން ހިފެހެއްޓޭނެ ގޮތަކަށް ސަބް ހެޑިން ޖުަހައި، ތާރީޚު ވެސް ނުޖަހައެވެ.

—————————————————————————————————————————————————————————————————————————————–

ދަންވަރުގެ ވަގުތުތަކަކީ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ތަފާތު ތަޖުރިބާތަކާ ކުރިމަތިލާން ޖެހޭ ވަގުތެކެވެ. އެކި ފަހަރު އެކި ކަންކަމެކެވެ. ބައެއް ފަހަރު ބިރުވެރިއެވެ. އަނެއްބައި ފަހަރު ހިތާމަވެރިއެވެ. ހައިރާންކުރުވަނިވި ކަންކަންވެސް ހިމެނެއެވެ. މިއީ ޓެކްސީ ޑްރައިވަރެއްގެ މަސައްކަތުގެ ޑައިރީން ރޭގަނޑު މެންދަމު ފަހުގެ ވަގުތުތަކުގެ ސަފުހާތަކެކެވެ. އުމުރުން 52 އަހަރުގެ ދިވެހި ޑުރައިވަރު، އިބުރަތުން ފުރިގެންވާ ޚާދިސާތަކެއް ލިސްޓްކޮށްފައި އެބަހުއްޓެވެ. ކިޔަމުން ކުރިއަށްދާށެވެ.

ހުކުރު ވިލޭރެއެކެވެ. ދަންވަރު އެކެއްގެ ފަހެވެ. ޓެކްސީ ދުއްވަމުން ދިޔައީ މާފަންނު ސަރަހާގެ އިރުމަތީ މަގުން ބޮޑުތަކުރުފާނު މަގާ ދިމާއަށެވެ. ގެއެއްގެ ގޭޓު ކައިރީގައި ހުރި އަންހެނަކު އަތްނެގުމުން ކާރު މަޑުކޮށް އޭނާ ކާރަށް އެރުވިއެވެ. ދާން ބޭނުންވަނީ ކޮންތާކަށްތޯ އެހުމާއެކު އެމީހާ އަޑުގެ ނެތްތާކަށް ރޯންފެށި އެވެ. ދެއަތުން މޭގައި ތަޅަމުން ހަމަ ރޮނީ އެވެ. ވާހަކަ ދެއްކޭ ވަރެއް ނުވި އެވެ. ކާރު މަޑުމަޑުން ދުއްވާލިއެވެ. ބޮޑުތަކުރުފާނު މަގަށް ނުކެމެފައި ޑްރައިވަރު ވާހަކަ ދައްކަން ފެށިއެވެ. ހިތްވަރުދެމުން އަންހެން މީހާއަށް ބުންޏެވެ؛ ހިތްވަރު ގަދަކޮށްފައި ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް ތަކުރާރާކޮށް އެދުނެވެ. ކާރު ބޮޑުތަކުފާނުމަގުން ދަނީ މަޑުދުލީގައި ކުރިއަށެވެ. އަންހެން މީހާ ހަމައަކަށް އެޅިގެން ވާހަކަ ދެއްކޭވަރުވީ މާލެ ވަށާ ބުރެއް ޖަހަން ކައިރިވެފައިވަނިކޮށެވެ. އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ވާހަކަތަކުގެ ހުލާސާއަކީ މިއެވެ؛ ސިއްސައިގެންދާވަރުގެ ހަގީގަތްތަކެކެވެ. އޭނާގެ މެދުއުމުރުގެ ފިރިމީހާގެ ވާހަކައެވެ. އަންހެން މީހާ އެހެން ކައިވެންޏަކަށް ނލިބިފައިވާ 19 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ. ފިރިމީހާ ސިހުރު ހަދައިގެން (ފިރިމީހާގެ ސިހުރުގެ ވާހަކަތައް އެހެން ފަހަރަކުން ތަމްސީލުކޮށް ލިޔާނަމެވެ) މި އަންހެން ކުއްޖާ މޮޔަކޮށްލީއެވެ. ދޮންބައްޕައަށް ހިތް ޖެއްސުވީއެވެ. އެކުއްޖާގެ ލަދުހަޔާތެއް ނުހުރެއެވެ. އަންހެން މީހާގެ ކުރިމަތީގައިވެސް، ދޮންބައްޕަ ގައިގަ ބައްދާ ހަދަނީއެވެ. ދެމީހުން ކޮޓަރީގައިވެސް ތިބެނީއެވެ. އެކީގައި ސައިކަލު ބުރު ޖަހަންވެސް ދެއެވެ. އެރޭ އަންހެން މީހާ ހިތުގައި ޖެހުނީ ދަންވަރު ގަޑީގައި ދަރިފުޅު އައިސް ދޮންބައްޕަ ކައިރީގައި ނޫނީ ނުނިދާން ވެގެން މަންމައާ ޒުވާބުކުރުމުންނެވެ. ފިރިމީހާވެސް ބޭނުންވަނީ އެގޮތް ކަމަށް ބުނެ، އަންހެން މީހާ ހިތުގައި ޖެއްސިއެވެ. ގެއިން ނުކުމެގެންދިއުމަށް އިންޒާރުވެސް ދިނެވެ. ބޭރަށް ނުކުމެ ގޭޓު ކައިރީގައި އެހުރީ އެހިތާމަތައް ކޮނޑުއަޅައިގެންނެވެ.

ހޯމަ ދުވަހެއްގެ ރެ އެވެ. ފަތިސް ނަމާދަށް ގޮވަން ކައިރިވާތީ ޓެކްސީ ދިޔައީ ބަންޑާރަ މިސްކިތާ ދިމާއަށެވެ. ކާރުބާއްވާފައި ނަމާދުކޮށްލުމަށެވެ. ކުއްލިއަކަށް ސެންޓަރުން ދަތުރެއް ލިބުނެވެ. ގަލޮޅުންނެވެ. އެދިމާއަށް ކާރު ދުއްވާލިއެވެ. އެގެކައިރިއަށް ގޮސް މަޑުކޮށްލިތަނާ ކާރަށް އެރީ ކުޑަކުއްޖެކެވެ. އެކުއްޖާ އެދުނީ ޕޮލިހަށް ގެންގޮސްދިނުމަށެވެ. ކިހިނެއް ވީތޯ ޑްރައިވަރު އޮޅުންފިލުވިއެވެ. އެކުއްޖާ ބުނި ގޮތުގައި ބައްޕަ ރުޅިއައިސްގެން މަންމަ ގަޔަށް ހޫނުފެން ޖެހީއެވެ. މަންމަ އަވަހަށް ހޮސްޕޮޓަލަށް ގެންދަންވީނޫންތޯ ޑްރައިވަރު އެހުމުން، "މިހާރު ވެސް ތަޅާމަރަނީ" އޭ ބުނެފައި ހަނުހިމޭނުން އެކުއްޖާއިނެވެ. އެކުއްޖާ ގެންގޮސް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ބޭލިއެވެ. ވާނުވާ ބަލާލަން ވެގެން ތަންކޮޅެއް ދުރުގައި ކާރުމަޑުށްލައިފިއެވެ. ގިނަ އިރުތަކެއް ނުވެ ދެ ފުލުހުންނާއެކު އެކުއްޖާ ފުލުސް ޖިޕެއްގައި ހިނގައްޖެއެވެ. (ނުނިމޭ)

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *