logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
Ministry of finance

މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.7 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ އާމްދަނީ އަކީ 10.7 ބިލިއަން ރުފިޔާއެވެ.

އެގޮތުން، އާމްދަނީގެ ގޮތުގައި ލިބިފައިވާ ޢަދަދުގެ ތެރޭގައި ޓެކްސްތަކަށް ލިބުނު 9.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.8 ބިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ލިބުނު 51.6 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް އާމްދަނީގެ އަދަދުތައް:

  • އިމްޕޯޓް ޑިއުޓީ (700 މިލިއަން ރުފިޔާ)
  • ބީޕީޓީ (2.6 ބިލިއަން ރުފިޔާ)
  • ޖީއެސްޓީ (5.1 ބިލިއަން ރުފިޔާ)
  • ގްރީން ޓެކްސް (374.8 މިލިއަން ރުފިޔާ)
  • އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް (348.5 މިލިއަން ރުފިޔާ)

އެ މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 12.6 ބިލިއަން ރުފިޔާގައި ހުރި އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދަށް 15.8 ބިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *