logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ރޭ ގަތަރަށް ވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގަތަރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާދަމާގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ އާ އެކުގައި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އެހެން އޮފިޝަލުންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން އެހީތެރިވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓަރާއެކުމި ދަތުރުފުޅުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެމްބެސެޑާ އެޓް ލާޖް އަދި ރާއްޖެ އިން ޗައިނާ އަށް އެންމެ ފަހުން ކަނޑައެޅި އާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖެ އާއި ގަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަހަރު 40 އަހަރު ފުރޭނެއެވެ.

ރަސްމީ ދަތުރެއްގައި ޒަމީރު ވަނީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރައްވައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *