ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ އަންހެނުން ވިހަނީ ސިޒޭރިއަން މެދުވެރިކޮށް ކަމަށް އދ. ގެ އާބާދީ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑްގެ ރާއްޖޭގެ ގޮފިން ބުނެފިއެވެ.
ޔޫއެންއެފްޕީއޭ މޯލްޑިވްސް އިން ބުނީ ސިޒޭރިއަން ހެދުމުން ފުރާނަ ސަލާމަތްވާ ކަމަށާއި ވިހާ އިރު ސިޒޭރިއަން ހަދަން ޖެހޭނީ ސިއްހީ މައްސަލައެއް ނުވަތަ ހާއްސަ ހާލަތެއް ދިމާވުމުން ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިޒޭރިއަން ހެދުމަށް ރިކިރޮމެޓް ކޮށްފައިވާ ރޭޓަކީ 10-15 އިންސައްތަ ކަމަށް ވީ ނަމަވެސް ރާއްޖޭގައި ސިޒޭރިއަން ހަދާ ރޭޓް ހުރީ 40 އިންސައްތައިގައި ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
C-sections can save lives, but should be reserved for when medically necessary. 🚨 In the #Maldives, C-section rates exceed 40%, well above the recommended 10-15%.#ICPD30 #GlobalGoals #CPD57 #ThreadsOfHope
.
(WHO Statement on Caesarean Section Rates, 2021) pic.twitter.com/dYg7sEuIlZ— UNFPA Maldives (@UNFPAMaldives) May 12, 2024
އެގޮތުން، 2021 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރިފައިވާ ސިޒޭރިއަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ ފަސް އަންހެނެއްގެ ތެރެއިން ދެ އަންހެނަކު ވިހަނީ ސީ-ސެކްޝަން މެދުވެރިކޮށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ރާއްޖޭގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން އަންނަމުންދާ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އެކި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.