logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
Screenshot

ފާލަން ތަރައްގީ ކުރާނީ ގައުމިއްޔަތާ، ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް: އެމްޓީސީސީ

މާލޭ ރަސްމީ ފާލަން "އިއްޒުއްދީން ފާލަން" ތަރައްގީ ކުރާނީ ގައުމިއްޔަތާ، ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ފާލަން ތަރައްގީ ކުރުމުގެ މި މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން މިހާރު އެ ކުންފުނިން ވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމީ ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެއް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ފާލަށް އެންމެ ފަހުންވެސް ފަރުމާކުރީ އެކުންފުނިންކަން ފާހަގަކޮށް އެމްޓީސީން ބުނީ ފާލަން މިހާރު ހުރީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައި ކަމަށެވެ.

"އެގޮތުން އަލުން ތަރައްގީ ކުރެވޭ ރަސްމީ ފާލަމަކީ ދިވެހިންގެ ގައުމިއްޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމުގެ ޔަގީންކަން މި ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓްރަކްޗަރ ފަރުވާމުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. މިއީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ