logo minivan

English

ހޮނިހިރު, 06 ޖުލައި 2024

އާފިޔާގެ ތަޖުރިބާއިން ބުނެދިން އަގުހުރި ފިލާވަޅުތަކެއް!

އެޑިޓަރުގެ ނޯޓް: ތިރީގައި މިވަނީ ފާތުމަތު އާފިޔާ އޭނާގެ ފޭސްބުކްގައި ފާޅުކުރައްވާފައިވާ ޝުއޫރުތަކެކެވެ. މިނިވަން ނޫހުގައި މިލިއުން ނަކަލުކޮށްލަނީ އެންމެންނަށް އިބުރަތަކަށްޓަކައެވެ.

މިދިޔަ އަހަރުގެ (2023) ޖުލައިމަހު އޭޑީކޭއިން ޕެޓް ސްކޭނެއް އަލަށް ގެނެސްގެން އުޅުނުއިރު ހަދައިދިނީ MVR 16،01600 އަށް. މިއީ 1038 ޑޮލަރު މިއަހަރު މޭމަހު މެޑިކަލް ރިވިއަށް ބެންގެލޫރަށް އައިސް ޕެޓްސްކޭން ހައްދަން އާސަންދައިން، އެޗްސީޖީ ހޮސްޕިޓަލްގެ ބިލަށް އެޕުރޫޕްކުރީ 150 ޑޮލަރު، ނަމަވެސް އެޗްސީޖީ ބެންގެލޯ ހޮސްޕިޓަލުން ޕެޓް ސްކޭނަށް އެރީ 540 ޑޮލަރު. އިންޓަނޭޝަނަލް އޮފިސަރގެ ސުވާލުވެސްއައެވެ. އާސަންދައިން މިފަހަރު އެޕްރޫޕް ނުކުރީ ކީއްވެ ހެއްޔެވެ. ބެލެންސް ދައްކަންޖެހުނީ ބަލިމީހާގެ ޖީބުންނެވެ.

ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތައް ފުޅާކުރަން ޖެހެއެވެ. ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް އައިސް ފަރުވާގެ އަގުގެ ކިހާވަރެއްކަމެއް ކަމެއް އާސަންދައިން ކަވަރުކޮށްދޭނީ ނޭނގޭނަމަ ކެންސަރުގެ ބަލިމީހުންގެ ހާލަތު ބޮޑުވާނެއެވެ. ރާއްޖޭގައި ކެންސަރު ބަލިމީހުންނަށް ހާއްސަ ފަރުވާ ދެވޭނެ ހޮސްޕިޓަލެއް އެޅުން މުހިންމެވެ. އައިޖީއެމްއެޗްގައި މިހާރު މަދު ހިދްމަތްތަކެއް ކެންސަރު ބަލިމީހުންނަށް ލިބެއެވެ. ވަރަށް ފަހުން ހެދުނު އޮންކޮޖިލިސްޓް ޑިޕާރޓްމެންޓެއް ހުރެއެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެސް ކީމޯތެރަޕީ ދެވޭގޮަތަށް ހުރެއެވެ. މިއީ ކުރިއާ އަޅާބަލާއިރު ކުރިއެރުމެކެވެ.

އެހެންނަމަވެސް، ހަާއްސަ ޑޮކްޓަރުންނެއް ނުތިބެއެވެ. ހާއްސަ ހިދްމަތްތަކެއް ނެތެވެ. މިހާރު ރާއްޖޭގައި ހުރީ ހަމައެކަނި އެންމެ އޮންކޮލިސްޖެސްޓް އެކެވެ. އަދި އެންމެ ސާޖަން އެކެވެ. އެބޭފުޅުން ނެތީވިއްޔާ އެތައް ކެންސަރު ބަލިމީހުންނެއް ކިޔުގައި ތިބެންޖެއެވެ. އަޅުގަޑުގެ ވެސް ކިހިލިފައްޗަށް ބްރެސްޓް ކެންސަރު ފެތުރުނީ ދޮޅުމަސްވަންދެން އައިޖީއެމްއެޗުން، އޭޑީކޭ އިން އަދި އަމިއްލަ ހަރަދުގައި ޓްރީޓޮޕުން އަގުބޮޑު ޓެސްޓުތައް ހަދަން ވަގުތު ނެގުމުންނެވެ. އެއް ހޮސްޕިޓަލުން ކެންސަރު ބަލިމީހުންނަށް ހިދްމަތްތައް ލިބެން ނެތުމުންނެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު އާސަންދަ ހަމަޖެހި ބެންގުލޫރު އެޗްސީޖީ ހޮސްޕިޓަލުން ސާޖާރީ ހެދިއިރު އެނގުނީ ކިހިލިފަތުގެ 3 ލިންފްނޯޑަށް ކެންސަރު ފެތުރިވާކަމެވެ. މިހެންކަމުން، ކެންސަރު ބަލިމީހުންގެ ކަންތައްތައް ވަގުތުން ނިންމުމަކީ ވަރަށް މުހިއްމު ކަމަކެވެ. ކެންސަރު ބަލިމީހުންގެ ފުރާނައަށް ގެއްލުންނުވެ ބަލިބޮޑުވިޔަނުދީ، ފުރާނަ ސަލާމަތް ކުރުމަށެވެ. ތިބާގެ ހާލަތުވެސް އެއްވަނަ ދަރަޖައިން 2 އަށް ވެއްޓުނީ ވަގުތުން ފަރުވާ ނުކުރެވިގެންނެވެ. ފުރަތަމައޮތީ ހަމައެކަނި ރޭޑިއޭޝަން ތެރަޕީއިން ފަރުވާކޮށް ނިމޭގޮތަށެވެ. ނަމަވެސް ކެންސަރު ފެތުރި، ފަހުން ޖެހުނީ ކީމޯތެރަޕީގެ ސައިކަލްތައް 12 މަސްވަންދެން ނަގަށޭވެ. އަދިވެސް 5 ސައިކަލް ކީމޯތެރަޕީ ނަގަންޖެހެއެވެ.

7 މަސް ވަންދެން ބެންގުލޫރުގައި ހުރުމަށްފަހު މާލެދިޔާއި ސާޖަރީ ހަދާ، ކީމޯތެރަޕީގެ 8 ސައިކަލް ނަގައިގެން އަދި ރާއްޖޭއިން ނުހެދޭ 17 ސައިކަލް ރޭޑީއޭޝަން ތެރަޕީ ނަގައިގެން މިއަހަރު މާރޗް 15 ގައެވެ. އިންޑިޔާގެ ބެންގޫލުރަކީ ދިރިއުޅުން އަގުބޮޑު އަދި އުޅެން އެހާ ފަސޭހަތަނެއް ނޫނެވެ. އަޅުގަނޑަށް ފަރުވާ ލިބެންޏާ ބޭނުމީ ރާއްޖޭގައި ހުރެގެން ބޭސްކުރާށެވެ. މި އަހަރުގެ މާޗް މަހުން ފެށިގެން އައިޖީއެމްއެޗުން އޮންކޮލިޖިސްޓްގެ އެޕޮއިންޓްމެންޓްއަކަށް އެދި ލިބުނީ މޭމަހު ފުރަތަމަ ހަފްތާގައެވެ. ޑޮކްޓަރ ބަލިވެ ނުވަތަ ޗުއްޓީއަށް ވަޑައިގަތުމުން ބަލިމީހުންގެ ކިޔުގައި މަޑުކުރަން ޖެހެއެވެ.

ޑޮކްޓަރުގެ ރިވިއުއަކަށް އިންޑިޔާއަށް އަންނަން އޮތީ މީގެ ދެމަސް ކުރިންނެވެ. މިތާގެ ޑޮކްޓަރުން އިތުރު ޓެސްޓްތައް ހެދުމަށް ވިދާޅުވިއެވެ. އާސަންދައިގެ ކަންތައްތައް މިދިޔަ އަހަރު ހަމަޖެހުނަސް، މިއަހަރު އަދި ވާގޮތެއް ނޭގެއެވެ. އެހެންކަމުން ފަރުވާ ހުއްޓާލާފައި ރާއްޖެއަށް ފުރަން މި ނިންމީއެވެ. ރާއްޖޭއިން ކެނަސަރުގެ ބަލިމީހުން ޓެސްޓްްތައް ހައްދަން ގިނަ ދުވަހު މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކީ ފުރާނަޔަށް ގެއްލުންވާ ކަމެކެވެ.

އެހެންނަމަވެސް، ދޮޅުމަސް ވެސް އަދި އެއަށްވުރެ ގިނަދުވަހު މަޑުކުރަން ޖެހިދާނެއެވެ. ރާއްޖޭގައި ކެންސަރުގެ ބަލިމީހުންނަށް ހާއްސަކުރެވިފައިވާ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް އެބަ އަޅަން ޖެހެއެވެ. ރާއްޖޭއިން މި ހިދުމަތްތައް ލިބުން މުހިންމެވެ. އެތައް މަސްތަކެއް ވަންދެން ރާއްޖޭއިން ބޭރުގައި ތިބެގެން ކެންސަރަށް ފަރުވާ ހޯދުމަށްވުރެ ހަމަ ގައިމުވެސް ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާކުރެވޭނެ ނަމަ ދައުލަތުގެ ބެޖެޓް ކުޑަވެ، ރައްޔިތުންގެ އަތުންދާ ހަރަދުކުޑަވެ، ސަރުކާރުން ރާއްޖޭއިން ބޭރު ހޮސްޕިޓަލްތަކަށްކުރާ ހަރަދު ކުޑަވުމުގެ އިތުރުން ކެންސަރު ބަލިމީހުންގެ ހިތްހަމަޖެހުން ބޮޑުވާނެއެވެ.

މިއީ އަމިއްލައަށް ތަޖުރިބާކުރެވުނު ކަންތައްތަކުގެ ކުރު ހުލާސާއެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *