2019 ވަނަ އަހަރު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވެރިކަންކުރާ އެމްޑީޕީ އަށް 65 ގޮނޑި، ޕީއެންސީ އަށް 3 ގޮނޑި، ޕީޕީއެމް އަށް 5 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 5 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ފަރާތްތަކަށް 7 ގޮނޑި ލިބިފައިވެއެވެ.
ނަމަވެސް 19 ވަނަ މަޖިލީހަކީ އެއްމެ އަވަހަށް ޓްރާންސްފާ މާކެޓް ފުޅާ ދާއިރާއެއްގައި ހުލުވުނު މަޖިސް އަށް ވާނެއެވެ. އެގޮތުން ޑިމޮކްރަސީގެ ނަމޫނާ ދައްކަމުން އައި އެމްޑީޕީ ގެ ރައީސް މުޙައްމަދު ނަޝިދު ހިމެނޭ ގޮތަށް އިސް ގިނަ ފަރާތްތަކެއް ޕާޓީ ބަދަލުކޮށްފައިވެއެވެ. އެގޮތުން ހޮވުނު ހައިސިއްޔަތު ނުވަތަ ޕާޓީ ބަދަލުކުރި މެންބަރުންގެ ތެރޭގައި..
އަމިއްލަގޮތުން ކުރިމަތިލައްވައިގެން ހޮވުނު 7 މެންބަރުންގެ ތެރެއިން 6 މެންބަރަކު ވަނީ ޕާޓީ އަކާއި ގުޅިފައި
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރ ހުސައިން މުޙައްމަދު ލަތީފް ގުޅިވަޑައިގަތީ ޕީޕީއެމް އާއި
- ތުލުސްދޫ ދާއިރާގެ މެންބަރ އިބްރާހިމް ނަސީމް ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު ގުޅިވަޑައިގަތީ އެމްޑީޕީ އާއި
- ނިލަންދޫ ދާއިރާގެ މެންބަރ އަބްދުލް މުހުސިން ހަމީދު ގުޅިވަޑައިގަތީ އެމްޑީޕީ އާއި އެއަށްފަހު ޕީއެންސީ އާއި
- ވިލިނގިލި ދާއިރާގެ މެންބަރ ސައުދު ހުސައިން ގުޅިވަޑައިގަތީ އެމްޑީޕީ އާއި
- ވިލިމާލެ ދާއިރާގެ މެންބަރ އަޙްމަދު އުޝާމް ގުޅިވަޑައިގަތީ އެމްއެންޕީ އާއި
ޖުމްހޫރީ ޕާޓީން ކުރިމަތި ލައްވައިގެން ހޮވުނު 5 މެންބަރުންގެ ތެރެއިން 3 މެންބަރަކު ވަނީ އެހެން ޕާޓީތަކާއި ގުޅިފައި
- ދަނގެތި ދާއިރާގެ މެންބަރ މުޙައްމަދު ނާޒިން ގުޅިވަޑައިގަތީ އެމްއެންޕީ އާއި
- ތިމަރަފުށި ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒް ގުޅިވަޑައިގަތީ އެމްއެންޕީ އާއި
- އިސްދޫ ދާއިރާގެ މެންބަރ އަލީ ހަމީދު ގުޅިވަޑައިގަތީ އެމްޑީޕީ އާއި ފަހުން ޕީއެންސީ އާއި
އެމްޑީޕީން ކުރިމަތި ލައްވައިގެން ހޮވުނު 65 މެންބަރުންގެ ތެރެއިން 27 މެންބަރަކު ވަނީ އެހެން ޕާޓީތަކާއި ގުޅިފައި
- ކުޅުދުއްފުށު އުތުރު ދާއިރާ ޔާސިރު އަބްދުއްލަތީފް ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި ފަހުންވަނީ އެމްޑީޕީ އާއި ގުޅިފައި
- ކަނޑިތީމު ދާއިރާ އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ކޮމަންޑޫ ދާއިރާ މުހައްމަދު ރާޝިދު ގުޅިވަޑައިގަތީ ޕީއެންސީ އާއި
- އުނގޫފާރު ދާއިރާ މުޙައްމަދު ވަހީދު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- އިނގުރައިދޫ ދާއިރާ ހަސަން އަޙްމަދު ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ކުރެންދޫ ދާއިރާ އަބްދުލްޤަނީ އަބްދުލް ހަކީމް ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ކ.ގުރައިދޫ ދާއިރާ ޝާހިދު ގުޅިވަޑައިގަތީ ޕީއެންސީ އާއި
- މަތިވެރި ދާއިރާ ހަސަން ޒަރީރު ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ތޮއްޑޫ ދާއިރާ ހަސަން ޝިޔާން ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި އެއަށްފަހު އެމްޑީޕީއާއި އެއަށްފަހު ޕީއެންސީ އާއި
- މުލަކް ދާއިރާ އިބްރާހިމް ނަސީރު ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ވިލުފުށި ދާއިރާ ހަސަން އަފީފު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- ފޮނަދޫ ދާއިރާ މޫސާ ސިރާޖު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި އެއަށްފަހު ޕީއެންސީ އާއި
- މަޑަވެލި ދާއިރާ ހުސައިން ފިރުޝާން ގުޅިވަޑައިގަތީ ޑިމޮކްރެޓް އާއި
- ގައްދޫ ދާއިރާ އަޙްމަދު ޒާހިރު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- ހުޅުދޫ ދާއިރާ އިލްޔާސް ލަބީބް ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- ފޭދޫ ދާއިރާ މުޙައްމަދު ނިހާދު ގުޅިވަޑައިގަތީ ޕީއެންސީ އާއި
- މަރަދޫ ދާއިރާ އިބްރާހިމް ޝަރީފް ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ހިތަދޫ މެދު ދާއިރާ އަޙްމަދު ރަޝީދު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މެދުހެންވޭރު ދާއިރާ އަލީ އާޒިމް ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- ގަލޮޅު އުތުރު ދާއިރާ އީވާ އަބްދުﷲ ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މައްޗަންގޮޅި އުތުރު ދާއިރާ މުޙައްމަދު ރަޝީދު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މައްޗަންގޮޅި ދެކުނު ދާއިރާ އަޙްމަދު ހައިތަމް ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މާފަންނު އުތުރު ދާއިރާ އިންތިޔާޒް ފަޙްމީ ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މާފަންނު ދެކުނު ދާއިރާ އިބްރާހިމް އާދަމް ގުޅިވަޑައިގަތީ ޕީއެންސީ އާއި
- ހެންވޭރު ހުޅަނގު ދާއިރާ ހަސަން ލަތީފް ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
- މައްޗަންގޮޅި މެދު ދާއިރާ މުޙައްމަދު ނަޝީދު ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އާއި
މަޖިލިސްއަށް އިންތިހާބުކުރި 85 މެންބަރުންގެ ތެރެއިން 36 މެންބަރަކު ވަނީ ހޮވުނު ހައިސިއްޔަތު ބަދަލުކޮށްފައެވެ އަދި އޭގެ ތެރެއިން އެއްފަހަރަށްވުރެ ގިނަފަހަރު 5 މެންބަރަކު ޕާޓީ ބަދަލުކޮށްފއިވެއެވެ އެހެންކަމުން 19 ވަނަ މަޖިލީހުގެ %42 މެންބަރުން ވަނީ ޕާޓީ ދަލުކޮށް ވޯޓު ދިން ރައްޔިތުންނަށް ބޭވަފާތެރިވެފައެވެ.