logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ފަތިހު 5:30 ފެށިގެން ހެނދުނު 10:30 އަށް ވައިޓް އެލާޓް ނެރެފައެވެ.

އެ އެލާޓްގައި ވާ ގޮތުން، އެ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ވަނީ މި ސަމާލު ނެރެފައި ވަނިކޮށް އޭގެ ކުޑައިރުކޮޅެއް ފަހުން ހަ އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ ވ. އަތޮޅާއި ފ. އަތޮޅާއި މ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅަށެވެ.

އޭގެ އިތުރުން، މޫސުން ވަރަށް ގޯސްވެ ރާއްޖޭގެ ދެ އަތޮޅަކަށް މެޓް އޮފީހުން ރޭ ވަނީ އޮރެންޖު އެލާޓް ވެސް ނެރެފައެވެ. މި އެލާޓް ރޭ ދަންވަރު ނެރުނީ ތ. އަތޮޅާއި ލ. އަތޮޅަށެވެ. އިންޒާރުގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއިއެކު، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ