logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލެ ސަރަހައްދުގައި ވެމްކޯއިން ނަގާ ގޭޓްފީ ކުޑަކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގައި ޓްރާންސްފާ ސްޓޭޝަންތަކަށް ނަގާ ގޭޓްފީ ކުޑަކޮށްފިއެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ 750 ރުފިޔާއެވެ.

ވެމްކޯ އިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150 ރުފިޔާގެ ގޭޓް ފީ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ރިއާޔަތްކޮށް އަގު ނެގުން ހުއްޓާލާފައިވާ ކަމަށް ވެސް ވެމްކޯ އިން ބުނެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *