އުމުރުން 30 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ
މަސައްކަތް ފުލުހުންދަނީ ކުރަމުން. pic.twitter.com/oKCnWekwEp— Maldives Police (@PoliceMv) May 20, 2024
އެގޮތުން، އަހުމަދު އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.