logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބޯހިޔާވަހިކަން ދިނުމުގައި އުމުރުން ދުވަސްވީ މައިންބަފައިން ބަލަހައްޓާ މީހުންނަށް އިސްކަންދޭން ނިންމައިފި

ބޯހިޔާވަހިކަން ދިނުމުގައި އުމުރުން ދުވަސްވީ މައިންބަފައިން ބަލަހައްޓާ މީހުންނަށް އިސްކަންދޭ އުސޫލެއް އެކުލަވާލަން ވަަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ނިންމުން ނިންމާފައިވަނީ މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހެއް މައްޗަށް ބިނާކޮށެވެ.

އެ ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތަފްސީލު މައުލޫމާތު ހިއްސާކުރަމުން ރައީސް އޮފީހުން ޝާއިއު ކުރި ހަބަރެއްގައި ބުނީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް ނިންމާފައިވާ ކަމަށެވެ.

އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭން ޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ބޯހިޔާވަހިކަން ލިބޭއިރަށް ނިކަމެތިކޮއްލުންވެސް އެކަށީގެންވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ