logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސަމާލުވޭ! ހިޔާފުލެޓްގައި ފޭރި ބްލެކްމެއިލް ކުރަނީ

ފުލުހުންނާއި ހިޔާ ފްލެޓްގެ ކޮމިއުނިޓީ ވައިބަ ގްރޫޕުގައިވެސް ވަނީ އާންމުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު މިނިވަންއަށް ކިޔައިދިން ގޮތުގައި ހިޔާ ފްލެޓްގައި އަންހެން ގްރޫޕަކާއި ފިރިހެން ގްރޫޕެއް ގުޅިގެން މިކަން ހިންގާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އަންހެން ކުދިން މެދުވެރިކޮށް، ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަކަށް ގެންގޮސް، އެމީހާ ބްލެކްކޮށް، އަތުގައި ހުރި ހުރިހާ ފައިސާ އަކާއި އެކައުންޓްގައި ހުރި ފައިސާއެއްވެސް ވަނީ އެމީހުން އަތުލާފައެވެ.

"މިކަހަލަ ދެ ކޭސްއެއް މިހާރު ހިނގިކަން ޔަގީން ވެއްޖެ. އެންމެ ފަހުން އެމީހުންގެ ޝިކާރައަކަށްވި މުސްކުޅި ފިރިހެން މީހާ އޮރިޔާންކޮށް ވީޑިއޯ ނަގައި، އެވީޑިއޯ ލީކް ކޮށްލާނެ ކަމަށް ބުނެ، ބިރު ދައްކައިގެން ފައިސާ ވަނީ ހޯދާފައި،" އެކަން ދެނެހުރި މީހަކު ކިޔައިދިނެވެ. "އެމީހުންގެ ކޮންޓްރޯލު ދަށް މީހާ ދިއުމާއެކު ފުރަތަމަ ފޭރި ގަންނަނީ. ދެން ބްލެކްމެއިލް ކުރުމުގެ ކަންތައް މިއޮންނަނީ."

ފުލުހުން ބުނެފައިވަނީ އެފަދަ ކަމެއް އެނގިފައިވާތީ މިހާރު އެކަން ބަލަމުން ގެންދާ ކަމަށެވެ. މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެ، އެފަދަ ގްރޫޕުތަކުގެ މަޅީގައި ނުޖެހުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާ ފްލެޓް ސަރަހައްދުން ވާޙަކަ ދެއްކި މީހަކު ބުނި ގޮތުގައި މީހުން ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދުމުގައި ހަރަކާތްތެރިވާ ދެތިން ގްރޫޕެއް ހިޔާ ފްލެޓުގެ އެކި ހިސާބުގައި ހަރަކާތްތެރިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ