logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މޫސުން ގޯސްވެ، މެދުރާއްޖެ ތެރެއަށް އޮރެންޖެ އެލާޓް ނެރެފި

މޫސުން ގޯސްވެ މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފޒިހުން ) އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޅ. އަތޮޅުން ވ. އަތޮޅާއި ހަމައަށް ދެވަނަ ފަހަރަށް މިއަދު ހެނދުނު ނެރުނުއިރު، އޮރެންޖް އެލާޓް ތިން ވަަނަ ފަހަރަށް ނެރުނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. މިހާރު އެ އެލާޓް ހަވީރު 4:00 އާ ހަމައަށް ވަނީ ދަންމާލާފައެވެ.

އެގޮތުން އެވަގުތުތަކުގައި  ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ކުރިން ބުނި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއެކު، މި ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ