logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފަޅު ރަށްރަށާއި ފިނޮޅުތަަކަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ވިއްސާރަކުރާ ދުވަސްވަރަކަށްވުމުން ފަޅު ރަށްރަށާއި ފިނޮޅުތަކަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

"އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެއެވެ.

މީގެ ކުރިން ފުލުހުން ވަނީ ވައިގަދަކަމުން ސައިކަލު ދުއްވާއިރު ކުޑަ ހިފައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ މާލޭ ސަރަހައްދަށް މިއަދު އޮރެންޖް އެލާޓް ނެރެފައެވެ. އެ އެލާޓްގައި ވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ