logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވިއްސާރަވާނެ ކަމަށް ލަފާކޮށް ނެރެފައިވާ އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ނެރެފައިވާ އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދަށެވެ. އަދި މިއަދު ހެނދުނު 8:00 ން 11:00 އަށް ނެރެނު އެލާޓްގެ ވަގުތު މިހާރު ވަނީ 11:00 އިން 15:15 އަށް އިތުރުކޮށްފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ އޮރެންޖް އެލާޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ނެރެމުންނެވެ.

މެޓް އޮފީހުން ކުރިން ބުނި ގޮތުގައި ކުރިއަށް އޮތް ދެދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއެކު، މި ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ