Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023

އިންސާނާ ހެޔޮކަމުގެ ނާރެހަކީ ހިތް: ހުކުރު ހުތުބާ

ޖަޒާ ލިބުން އޮތީ ހިތުގެ ރަނގަޅުކަމާއި ނުބައިކަމުގެ މައްޗަށްކަމަށާއި، އިންސާނާ ހެޔޮކަމުގެ ނާރެހަކީ ހިތްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ސަލާމަތްވެގެންވާ ހިތް" މި މައުލޫގެ މައްޗަށެވެ.

ދީނީ ނަޒަރިއްޔާތަކުން ހިތުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިންސާނާ ހައްދަވާފައިވަނީ މާއްދީ ހަށިގަނޑަކާއި ރޫހާނީ ފުރާނައަކާ އެކު ކަމަށާއި، އިންސާނާގެ ދުނިޔަވީ ހަޔާތުގައި އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ ރޫހާނީ ބަޔަށް އިސްކަންދީ އެބައި ފުރިހަމަ ކޮށްގެން ކަމަށެވެ.

އެކަމުގެ ލަގަނަކީ އޭނާގެ ހިތްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އޭނާއަށް ގިޔާމަތް ދުވަހުން ސަލާމަތްކަމާއި އަމާންކަން ލިބޭނީ ހިތް ރަނގަޅުކުރި މިންވަރަކުންކަމަށެވެ.

މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެދުވަހަކީ މުދަލެއްވިޔަސް އަދި ދަރިންނެއް ވިޔަސް މަންފާ ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކައިގެން ﷲ ގެ ހަޒްރަތުގައި އައި މީހަކަށް މެނުވީއެވެ"

ހުތުބާގައި ބުނީ ﷲ ގެ މި ވަހީ ބަސްފުޅަށް ބަލާއިރު އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ މި ދުނިޔެއާއި އާހިރަތުގައި ރަނގަޅު ހަޔާތެއް ލިބުމެއްނެތް ކަމަށާއި، ކުފުރާއި ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ ﷲ ކޯފާ އާއި މީސްތަކުންގެ ރުޅިވަރިކަން ކަމަށެވެ.

"އަރަބިބަހުގައި ހިތަށް އެ ނަން ކިޔުނީ އޭތި ފްރޮޅޭލެއް ބޮޑުކަމުން. އޭގެ ހާލަތު ބަދަލުވާލެއް އަވަސްކަމުން. މިހެންވެ ހިތް ރައްކާތެރިކުރުމަށް ވަރަށްބޮޑަށް އިސްކަންދޭން ޖެހޭ. ހުކުރު ހުތުބާގައި ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *