logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް!

އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީ ގޮތުން މިނިވަން ކުރުމުގެ ވިސްނުން އަދި ނެތް ކަމަށް މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ނެރުން ހުކުމެއްގައި އީޕީއޭ ބާރުވެރިކޮށް ގާނޫނީ ގޮތުން މިނިވަންކުރަން ޖެހޭކަމަށް ކަނޑައަޅާފައިވާތީ ނޫސްވެރިއަކު، މިއަދު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ "ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް"ކަމަށެވެ.

އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއެކު މަސައްކަތް ކުރަން ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށް ތާރިގު ވިދާޅުވިއެވެ. ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އީޕީއޭ އަކީ މިނިސްޓުރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. އެގޮތުން އީޕީއޭއާ ގުޅެ ގަވާއިދުތައް އެކުލަވާލަނީ މިނިސްޓްރީންނެވެ. އަދި އީޕީއޭގެ ބައެއް ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފް ކުރުމުގެ ބާރުވެ ލިބިގެންވެއެވެ. އެގޮތުން އީޕީއޭއިން ހަދާ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓްތައް އިސްތިއުނާފްކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ