logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ށަވިޔަނީގެ ބަސްތަކެއް އުފައްދަން އުޅޭކަމަށް ބުނެ ދެކެވުނު ވާހަކަ ދޮގުކޮށްފި

ށަވިޔަނިން ފެށޭ ބަސްތަކެއް އުފައްދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވުނު ވާހަކަ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުު ދޮގު ކުރައްވައިފިއެވެ.

މިނިސްޓަރ އެކަން ދޮގު ކުރައްވާފައިވަނީ ށަވިޔަނިން ފެށޭ ފަސް ލަފުޒެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

މިއީ ތެދުނޫން މައުލޫމާތެއް ނަމަވެސް ގިނަ ބަޔަކު އެކަން ގަބޫލުކޮށް، މީސްމީޑިއާގައި އެ ހަބަރު ދައުރު ކުރަމުންދިއުމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ އެ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި އެފަދަ ވާހަކައެއް ވިދާޅުނުވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ށަވިޔަނި އަކުރުން ފެށޭ ނަންތަކެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަަމެއް ނޫން ކަމަށާއި ސަބަބަކީ ށަވިޔަނީގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށްވާތީ ކަމަށެވެ.

"އެއީ ގުދުރަތީ ކަމެއްް. ވީމާ ށަވިޔަނިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *