logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅަނީ

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 48 ކެެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ ކަމަށާއި އެ މެންބަރުންނަށް ފިޔަވަޅު އެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހުގެ ރޭ ދެންވަރު 12:00 އަށެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުންނެވެ.

އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަަޔާން ހުށަހެޅުމަކީ ގާނޫނުން ލާޒިމުކުރާ ކަމެކެވެ. އަދި މާލީ ބަޔާން ހުށަނާޅާނަމަ ނުވަތަ ހުށަހަޅާ ބަޔާންތަކުގައި ދޮގު މައުލޫމާތެއް ހިމެނޭނަމަ ދައުވާ ވެސް ކުރެވޭނެއެވެ. އެ ކުށުގެ އަދަބަކީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000ރ. އިން ޖޫރިމަނާކުރުމެވެ.

އެގޮތުން، މާލީ ބަޔާން ހުށަނާލާ 48 ކެންޑިޑޭޓުން ތިބިއިރު، އެ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިދިޔަ އާދިއްތަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ވިޔަސް ނުވަތަ ނުވިޔަސް، މިދިޔަ ބުދަ ދުވަހުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި ބޭންކް ސްޓޭޓްމަންޓުގައި ހުރި ހުރިހާ މުއާމަލާތަކާ ގުޅޭ ހުރިހާ ބިލެއް މާލީ ބަޔާނާ އެއްކޮށް ހުށަހަޅަން ޖެހޭނެ ކަމަށާއި ކުރެވިފައިވާ ކޮންމެ މުއާމަލާތަކާ ގުޅިގެން ބިލެއް އޮންނަން ޖެހޭ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ޖުމްލަ 93 މެންބަރުން ހިމެނޭ އާ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. 20 ވަނަ މަޖިލީހުގައި 77 ގޮނޑި ހޯދައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *