ސިނަމާލެ ބުރިޖްކައިރީ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެގެން މައްޗައްއަރާފއިވާ އެމީހާ ފުލުހުން މިހާރު ވަނީ ޑިންގީއަކަށް ނަގައިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހިރިލަންދުއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗެއްގެ ކެޕްޓަނެވެ.
އެމީހާ ފެނުނު އިރު އޮތީ މޫނު ވަތަށަ މޫދުގައެވެ. ބެލެވޭ ގޮތުގައި އެއީ އަންހެނެއްގެ ހަށިގަނޑެވެ. ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.