logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދޫނި ބިސް އެއްކުރަން އާދަވެފައިހުރި 71 އަހަރުގެ މީހަކު އިނގިރޭސިވިލާތުގައި ޖަލަށް ލައިފި

އިނގިރޭސިވިލާތުގެ ދޫނި ޕާކަކުން ހިމާޔަތްކޮށްފައިވާ ދޫނި ބިސް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި 71 އަހަރުގެ ޑެނިއަލް ލައިހަމް ކިޔާ މީހަކު ޖަލަށް ޖަލަށް ލައި 12 މަސްދުވަހުގެ ނަފްސާނީ ބައްޔަށް ފަރުވާދޭ ޕްރޮގްރާމެއްގައި ބައިވެރިކުރުވައިފިއެވެ.

ދޫނި ޕާކުން ބިސްނަގަނިކޮށް ޕާކްގެ އޮފިޝަލުންނަށް ފެނުމާގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ޑެނިއަލްގެ ގެއިން 2995 ދޫނި ބިސް ހޯދިފައިވެއެވެ. ފުލުހުން ހާމަކޮށްފއިވާގޮތުގައި އޭގެ ތެރެއިން 2429 ބިހަކީ އިނގިރޭސިވިލާތުގެ ދޫނިސޫފާސޫފި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔާތްކޮސްފައިވާ ދޫނި ބިހެވެ.

ޑެނިއަލް އަކީ މީގެ ކުރިންވެސް ދޫނިބިސް ވަގަށް ނެގުމުގެ ކުށުގައި އަދަބުދީފައިވާ މީހެކެވެ. އެގޮތުން 2005 ވަނަ އަހަރު ޑެނިއަލްގެ ގެެއިން 4000 ބިސް ފެނިގެން 10 ހަފްތާއަށް ޖަލަށް ލާފައިވެއެވެ. އަދި 2018 ވަނައަހަރު ޑެނިއަލްގެ ގެއިން 5000 އަށްވުރެ ގިނަ ބިސް ފެނިގެން 18 ހަފްތާގެ ޖަލުހުކުމެއްކޮށްފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ