logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ފަތުރުވެރިން އަންނަ އަދަދު ވަރަށްބޮޑަށް ދަށްވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓޫރިޒަމް ސީޒަނަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑަށް ދަށަށްދާން ފަށާފައެވެ. މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ހުސްވި އޭޕްރިލްމަހުގެ ނިޔަލަށް ޖުމްލަ ގޮތެއްގައި ދުވާލަކު ހަތްހާހާއި ފަސްހާހާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރިނަމަވެސް، މިމަހު ޖުމްލަ ގޮތެއްގައި މިއަދަދު އުޅެނީ 3،983 ގައެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ. އެދުވަހު ރާއްޖެއަށް ޒިޔާތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 2.913 ގައެވެ.

މިނިވަން އާ ވާހަކަދައްކަމުން ބައެއް ޓްރެވަލް އޭޖެންޓުން ބުނީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނަމަވެސް، މިދިޔަ އަހަރަށްވުރެ ކޮންމެވެސް ވަރަކަށް ރަނގަޅުކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް 875,933 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.8 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 790,301 ގައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިއާ، ޔޫކޭ، ޗައިނާ އަދި ޖަރުމަނު ފަދަ ގައުމުތަކަށް ސީދާ ދަތުރުތައް ފަށާނޭކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *