logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

80 ވޯޓާއެކު މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހޮވިވަޑައިގެންފިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ވަނީ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާފައެވެ.

މަޖިލިސް ނައިބު ރައީސްކަމަށް ނެގުނު ވޯޓުގެ ނަތީޖާ:

  •  ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް – 80 ވޯޓު
  •  މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ – 12 ވޯޓު

މަޖިލީހުގެ ނައިބު ރައީސް އިންތިހާބުކުރި މި ޖަލްސާގައި 93 މެންބަރުން ތިއްބެވިއިރު، ވޯޓު ދެއްވީ 92 މެމްބަރުންނެވެ. ހަމައެކަނި ވޯޓް ނުލައްވަނީ މީދޫ ދާއިރާގެ މެމްބަރު ސިޔާމް އެވެ. އޭނާ ވިދާޅުވީ ރިޔާސަތުގައި އިންނެވުމުގެ ސަބަބުން އެއްވެސް ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.

މަޖިލިހުގެ ނައިބު ރައީސްގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ފަސް މެމްބަރުންގެ ކޮމިޓީންނެވެ. އެ ކޮމިޓީގައި ތިއްބަވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކުރަންވާނެއެވެ.

މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *