logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024

މިއީ އެންމެ ޒިންމާދާރު އަދި އިތުބާރުހުރި މަޖިލީހަށް ވާނެ ކަމަށް އުންމީދުކުރަން: ރައީސް ޑރ. މުއިއްޒު

އުންމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އެންމެ ޒިންމާދާރު އަދި އިތުބާރުހުރި މަޖިލީހަށް ވެގެންދިޔުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމާއި ގުޅިގެން ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުއްމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި، ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވެގެންދިޔުން ކަމަށެވެ.

އަދި އެމަނިކުފާނު ވަނީ މިއަދު ހުވައިކުރައްވާ މަގާމާ ހަވާލުވެވަޑައިގެންނެވި 93 އިއްޒަތްތެރި މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

ވިހިވަނަ މަޖިލީހުގެ 93 މެމްބަރުން މިއަދު ހުވާ ކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އިންތިހާބުކޮށްފައެވެ.

މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *