Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023

ސްޕެނިޝް ލަލީގާގެ އެއްވަނަގައި އޮތް ޖިރޯނާ އަކީ ކޮންބައެއް؟

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ލީގު ކަމުގައިވާ ސްޕެއިންގެ ލަލީގާގައި ގިނަބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވާ އެއްކަމަކީ މަޝްހޫރު ކްލަބްތަށް ފަހަތަށްޖައްސާލުމަށްފަހު މިވަގުތު އެއްވަނާގައި ޖެރޯނާ އޮތުމުންނެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަށް ކަމަށްވާ ރިއަލް މެޑްރިޑާއި ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު ތާވަލުގެ އެއްވަނައިގައި ޖިރޯނާ އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ސްޕެއިން ލީގު އަދި ފުޓްބޯޅައަށް ތާއީދުކުރާ ގިނަބައެއްގެ ސުވާލަކީ ޖިރޯނާ އަކީ ކޮންބައެއް ތޯއެވެ؟ 1930 ވަނަ އަހަރު އުފެދުނު މި ކްލަބަށް ކިތައްމެ ދުވަހެއް ވެފައި ވީނަމަވެސް މިއީ ފުޓްބޯޅައިގެ ސަޕޯޓަރުންނަށް މާ ފަރިތަ ނަމެއް ނޫނެވެ. 2022-2023 ސީޒަނަށް އަލަށް ލަލީގާއަށް ޕްރޮމޯޓްވި ޖިރޯނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ލީގުގެ އެއްވަނައިގައި ދަމަހައްޓަމުން އަންނަ ސަޕްރައިޒް ނަތީޖާ ތަކުންނެވެ.

ލީގުގައި މިހާތަނަށް 13 މެޗް ކުޅެފައިވާއިރު އެޓީމުން ވަނީ 11 މެޗް ކާމިޔާބުކޮށް 1 މެޗް ޑްރޯ ކޮށްފައެވެ. އަދި ބަލިވެފައިވަނީ އެންމެ މެޗްއަކުންނެވެ. މި ނަތީޖާ ތަކާއެކު އެޓީމް ތާވަލްގެ އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކީގައެވެ.

ތަފާތު މޮޅު ނަތީޖާތަކެއް މިސީޒަނުގެ މިހާހިސާބަށް ހޯދަމުން އަންނަ ޖެރޯނާގެ ސްޓޭޑިއަމް މޮންޓެލިވީގެ ޖާގައަކީ އެންމެ 14 ހާސް މީހުންނެވެ. މިއީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ދަނޑުތަކުގެ ޖާގައަށް ބަލާއިރު ވަރަށް ވެސް ކުޑައަދަދެކެވެ.

ކްލަބުގެ މާކެޓް ވެލިއު 160 މިލއަނަށް ކިރިޔާ އަރާއިރު އެ ކްލަބުގެ ފަހަތުގައި ތިބި ބޮޑްތި ކްލަބްތަކުގެ ތެރެއިން ރިއަލްމެޑްރިޑްގެ ވެލިއު ބިލިއަނަކަށްވުރެ މައްޗަށް އަރައެވެ.

ލީގުގެ މިހާތަނަށް ޓޭބަލްގެ އެއްވަނައިގައި ޖިރޯނާ އޮތަސް އެ މަގާމު މާގިނަދުވަހު އެޓީމަށް ހިފެހެއްޓޭނެކަމަކަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *