logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މަޖިލީހުގެ ކޮމިޓީތައް ޖޫންމަހުގެ 2 ވަނަ ދުވަހުގެ ކުރިން އެކުލަވާލާނަން: ފަލާހް

އަންނަ ޖޫންމަހުގެ ދެވަނަ ދުވަހުގެ ކުރިން ރައްޔިތުން މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަނުކޮށް ނިމޭނޭކަމަށް

 

ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، ޕީއެންސީން ބުނެފިއެވެ.

އަލަށް ހޮވުނު މެމްބަރުން ހުވާކުރުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރުމުގެ ކަންކަން އަންނަ އާދިއްތަ ދުވަހުގެ ކުރިން ނިންމާލެވޭނޭކަމަށެވެ. ފަލާހް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް އައްޔަނުކުރާނޭ މުގައްރިރުންނަކީ ކޮބައިކަން އަދި ނިންމާފައިނުވާކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް 13 މެމްބަރުންގެ އިތުރުން، ދާއިމީ ކޮމިޓީއަށް 11 މެމްބަރުން އައްޔަނުކުރުމަށް ފާސްކޮށްފައެވެ.

އިއްޔެ ކުރިއަށްދިޔަ ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައެއް ކޮމިތީތަކަށް އައްޔަނުކުރާނޭ މެމްބަރުންނާމެދު ވާހަކަތައް ދެކެވިގެން ގޮސްފައިވާއިރު، މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕީޖީ ގްރޫޕްގެ ވިސްނުން ހުރީ މާލިއްޔަތު ކޮމިޓީއަށް ގާސިމް އިބްރާހީމް އަދި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ 241 ކޮމިޓީގެ މުގައްރިރަކަށް ބ.އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ލުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *