logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ބީއެމްއެލްއިން ހިއްސާގެ ފައިދާގެ ގޮތުގައި 50 ރުފިޔާ ބެހުމަށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުނީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

ބީއެމްއެލްއިން މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ބެއްވި އެ ބޭންކުގެ އަހަރީ އާއްމުޖަލްސާގައެވެ. ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ފާސްކުރިއިރު، މިއީ އޭޕްރިލްމަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ބެހުމަށް ނިންމި އަދަދުކަން ފާހަގަކޮށްލެވެއެވެ.

ބީއެމްއެލްއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ފާސްކުރިއިރު، މިއީ ރެކޯޑެކެވެ. ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ފާސްކުރުމާ ގުޅިގެން. ބީއެމްއެލުން ހިއްސާދާރުންނަށް ޖުމްލަ 269 މިލިއަން ރުފިޔާ ބަހާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމުކަ ވިދާޅުވީ މިއީ ބީއެމްއެލްގެ ތާރީހުގައިވެސް 2 ބިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއް ފައިދާގެ ގޮތުގައި ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިފަހަރު ވެގެންދާނީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް އެންމެ ގިނައިން ހިއްސާގެ ފައިދާ ދޫކުރާ ފަހަރު ކަމަށްވެސް ސްޓުމުކަ ފާހަގަ ކުރެއްވިއެވެ.

.ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު މާލީގޮތުން ލިބުނު ފައިދާއާ އެކު ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާގެ އިތުރުން މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި 628 މިލިއަން ރުފިޔާ ލިބޭނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *