logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މަސްވެރިކަމުގެ ދާއިރާގެ މާހިރެއްކަމަށްވާ ހާފިޒު އަވަހާރަވެއްޖެ

މަސްވެރިކަމުގެ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވި އަހުމަދު ހާފިޒް މިއަދު އަވަހާރަވެއްޖެ އެވެ.

ހާފިޒް އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައެވެ. ހާފިޒު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ހާފިޒަކީ މަސްވެރިކަމުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާގެވެސް ހިދުމަތްތެރިއެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހާފިޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ހައްސަ ގޮތެއްގައި މަސްވެރިކަން ދިރާސާ ކުރުމާއި އެ ދާއިރާގެ ޕޮލިސީ ކަނޑައެޅުމާއި ރައްޔިތުން ހޭލުންތެރިކުރުވުމުގައި ހާފިޒަކީ ދެވަނައެއްނެތް ބެފުޅެކެވެ. ފިޝަރީޒް މިނިސްޓްރީގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ހާފިޒް ވަނީ މަސްވެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ވަރަށްގިނަ ޕްރޮގްރާމްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މިގޮތުން ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ދިރާސާ ކުރެއްވުމަށް ހާފިޒުގެ ހިއްސާއާ އެކުވަނީ ވަރަށް މުހިއްމު ޕްރޮގްރާމްތައް ހިންގަވާފައެވެ.

މިގޮތުން ފިޝަރީޒް މިނިސްޓްރީން ކުރިން ނެރުނު ރަސްއައިން މަޖައްލާގެ ޗީފް އެޑިޓަރަކީ ހާފިޒެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، ހާފިޒު ވަނީ ބާސްކޭޓް ބޯޅަ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން އޭނާ ވަނީ ބާސްކެޓް ބޯޅަ އެސޯސިއޭޝަނުގެ ރައީސްކަންވެސް ކުރައްވާފައެވެ. މީގެ އިތުރުްނ ހާފިޒު ވަނީ ކްލަބް ވެލެންސިއާ ހިންގުމުގައިވެސް އުޅުއްވާފައެވެ.

ތައުލީމަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބަލާއިރު، އޭނާ ވަނީ އަހުމަދިއްޔާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *